Ads by Stelco

ޚަބަރު

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ސޮލޮމަން އައިލެންޑްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ސޮލޮމަން އައިލެންޑްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް/ފޮޓޯ: ދަ މޯލްޑިވްސް ޖަރނަލް

07 ޖުލައި 2025، 09:00

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ސޮލޮމަން އައިލެންޑްސްގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ތަހުނިޔާ ފޮނުއްވައިފިއެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ،  ސޮލޮމަން އައިލެންޑްސް ގެ ޚާރިޖީ ވަޒީރު، ހިޒް އެކްސަލަންސީ ޕީޓަރ ޝެނަލް އަގޮވަކާ އަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވާފައެވެ.

މި މެސެޖުގައި ވަޒީރު ވިދާޅުވީ، އެ ޤައުމުގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ސޮލޮމަން އައިލެންޑްސްގެ ޚާރިޖީ ވަޒީރަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރުމަކީ އެ މަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ހަމަ އެހެންމެ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ  ޤައުމުތަކުގެ ހައިސިއްޔަތުން، ދެ ޤައުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

އެހެންކަމުން، ކުރިއަށް އޮތް އަަހަރުތަކުގައި ވެސް ދެ ޤައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ވަޒީރުގެ މެސެޖު ނިންމަވާލައްވާފައި ވަނީ، އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ކުރާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުއްވުމަށް ފަހުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS