Ads by Stelco

ޚަބަރު

މަތިވެރި ފިނޮޅުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފި

މަތިވެރި ފިނޮޅުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފި

މަރިވެރި އަދި ފިނޮޅު--

08 ޖުލައި 2025، 12:48

އއ. މަތިވެރީގެ އިޙްތިޞާސްގައި ހިމެނޭ މަތިވެރި ފިނޮޅުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އެރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ.

މަތިވެރީގެ އިޙްތިޞާސްގައި މަތިވެރި ފިނޮޅު ހިމެނުއްވެވުމަށް ސަރުކާރުން 2023 ވަނަ އަހަރު ނިންމަވާފައިވާއިރު، މަތިވެރި ކައުންސިލުން މިހާރު ވަނީ އެ ފިނޮޅުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ނިންމައިފައެވެ.

މަތިވެރި ކައުންސިލުން ނެރިފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މަތިވެރި ފިނޮޅުގައި ފަތުރުވެރިކަމުގެ ޒޯނެއް ތަރައްޤީކުރުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ. އެހެންކަމުން، މިކަމަށް ޝައުގުވެރިވާ އިންވެސްޓަރުން 10 ދުވަހުގެ ތެރޭގައި ބިޑް ހުށައެޅުމަށް ކައުންސިލުން ވަނީ ބުނެފައެވެ. ހަމަ އެހެންމެ، ބިޑް ހުށައެޅުމާއި ހުޅުވުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުކަމަށް އެ ކައުންސިލުން މަޢުލޫމާތުދެއެވެ.

މި އިޢުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މަތިވެރި ފިނޮޅުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ ޖުމްލަ 4.411 ހެކްޓަރުގެ ސަރަހައްދެކެވެ. އަދި މިކަމަށް ޝައުގުވެރިވެލައްވާ ދިވެހި އިންވެސްޓަރުންނާއި، ވިޔަފާރިތަކާއި، އަދި ބޭރުގެ އިންވެސްޓަރުންނަށް ވެސް ބިޑް ހުށައެޅޭނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 75،000 ރުފިޔާކަމަށް މި އިޢުލާނުގައި ވަނީ ބުނެފައެވެ.

އއ. މަތިވެރިއަކީ ފަތުރުވެރިކަމުގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ، ފަތުރުވެރިންނާއި ޢާންމުންގެ މެދުގައި ވެސް މަޤުބޫލު ރަށެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS