ދުނިޔެ

އިއްޔެގެ ކުރިމަތިލުން ތަކުގައި އިސްރާއިލްގެ 5 މީހަކު މަރާލެވުނު، ކޮންމެ ދުވަހަކުވެސް ކުރިމަތިލުންތައް ކުރިއަށްދާނެ: އަބޫ ޢުބައިދާ

އިއްޔެގެ ކުރިމަތިލުން ތަކުގައި އިސްރާއިލްގެ 5 މީހަކު މަރާލެވުނު، ކޮންމެ ދުވަހަކުވެސް ކުރިމަތިލުންތައް ކުރިއަށްދާނެ: އަބޫ ޢުބައިދާ

އަބޫ ޢުބައިދާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ޖުލައި 2025، 01:30

08 ޖުލައި 2025، 01:30

ޣައްޒާގެ އުތުރުގައި ހުރި ބައިތް ހަނޫންގައި ހަމާސް އާއި އިސްރާއިލް ސިފައިންނާއި ދެމެދު ހިނގި ކުރިމަތިލުމެއްގައި އިސްރާއިލްގެ 5 ސިފައިން މަރުވެ، 14 ސިފައިން ޒަހަމްވެފައިވާ ކަމަށް އަލްޤައްސާމް ބްރިގޭޑްގެ ސްޕޯކްސްޕާސަން އަބޫ އުބައިދާ ވިދާޅުވެއްޖެއެވެ.

އަބޫ އުބައިދާ ވިދާޅުވީ ކޮންމެ ދުވަހަކު އިސްރާއީލަށް އިތުރު ގެއްލުންތަކެއް ދެމުންދާނެ ކަމަށެވެ.

އަބޫ އުބައިދާ ވިދާޅުވީ ޣައްޒާގެ އުތުރުން ފެށިގެން ދެކުނަށް އަލްޤައްސާމްގެ ހަނގުރާމަވެރިން އިސްރާއީލްގެ ސިފައިންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ކޮންމެ ދުވަހަކު އިތުރު ގެއްލުންތަކެއް އިސްރާއީލަށް ލިބެމުންދާނެކަމަށެވެ.

އަދި ބައިތް ހަނޫންގައި ހިންގި އޮޕަރޭޝަނަކީ ބަލިކަށި އިސްރާއީލީ ސިފައިންގެ އަބުރަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް އަބޫޢުބައިދާ ވިދާޅުވިއެވެ. އަދި އިސްރާއީީލްގެ ބަންޑާރަ ނައިބު ބެންޖަމިން ނެތަންޔާހޫއަށް ކުރެވޭނެ އެންމެ ބޮޑު މޮޔަކަމަކަށް ވާނީ ޣައްޒާގައި އިސްރާއީލްގެ ސިފައިން ބޭތިއްބުން ކަމަށްވެސް ވިދާޅުވިއެވެ.

އަލްޤައްސާމް ބްރިގޭޑްގެ ސްޕޯކްސްޕާސަން އިތުރަށް ވިދާޅުވި ގޮތުގައި ޣައްޒާގައި ތިބި އިސްރާއީލްގެ ސިފައިން ހައްޔަރުކުރެވިދާނެއެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ސާބިތުކަމާއި ހަމާސްގެ މުޖާހިދުންގެ ހިތްވަރުގަދަކަމަކީ ކުރިއަށް އޮތް މަރުހަލާގެ މަގު ކަނޑައަޅާނެ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން އިސްރާއީލް ސިފައިންގެ ފަރާތުން ބުނެފައިވަނީ ބައިތް ހަނޫންގައި ރޭގައި ދިމާވި ހަމަލާގައި 5 ސިފައިން މަރުވެ، 14 ސިފައިން ޒަހަމްވި ކަމަށެވެ. 

އިސްރާއީލުން ފަަލަސްޠީނުގެ އާންމު ރައްޔިތުންނަށް ދެމުންދާ އަނިޔާތައް އިތުރުވަމުން ދިޔަ ނަމަވެސް، ފަލަސްތީނު މުޖާހިދުން ފާއިތުވި ދުވަސްތަކުގައި ވަނީ އެމީހުންގެ އޮޕަރޭޝަންތައް އިތުރުކޮށްފައެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ އިސްރާއީީލްގެ ސިފައިން ވަނީ މަރުވެ އަދި ޒަހަމްވެފައެވެ. ހަމައެކަނި ޖޫން މަހު 20 އިސްރާއީީލް ސިފައިން މަރުވެފައިވާ ކަމަށް އިސްރާއީލީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS