ދުނިޔެ

ބަނޑުހައިވެފަހުރި ކުޑަކުޑަ މުޙައްމަދު، ހައިހޫނުކަން ފިލުވަން ކެއީ ވެލި

ބަނޑުހައިވެފަހުރި ކުޑަކުޑަ މުޙައްމަދު، ހައިހޫނުކަން ފިލުވަން ކެއީ ވެލި

މުހައްމަދު މުންޒިރު އަލްދަރުބީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ޖުލައި 2025، 05:54

08 ޖުލައި 2025، 05:54

ޣައްޒާ ސިޓީގެ ހުޅަނގު ފަރާތުގައި އޮންނަ ޝާޠިއު ކޭމްޕުގައި، ދިރިއުޅެމުންދާ 13 އަހަރުގެ މުހައްމަދު މުންޒިރު އަލްދަރުބީ ބަނޑުހައިކަމަށް ކެތްނުވެ ބަނޑުހައިހޫނުކަން ފިލުވަން ވެލި ކޭކަމަށް އޭނާ ބުނެފިއެވެ.

 އޭނާ ވެލިކެއީ ކުޅިވަރަކަށް ނުވަތަ މަޖަލަކަށް ނޫނެވެ. މިއީ އެހީގެ މަރުކަޒުތަކުގައި ބަހާ އެހީ ހޯދުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތް ކުރުމަށްފަހު ނާކާމިޔާބުވުމުން، ބަނޑަށްޖެހުމުން ކުރަން ޖެހުނު ކަމެކެވެ.

އެހީގެ ޓްރަކެއް އައިސްފިކަމުގެ ޚަބަރު ލިބުމާއެކު، އެހެން ކުދިންނެކޭ އެއްފަދައިން މުހައްމަދުވެސް މޫދާ ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް އޭނާއަށް ޓްރަކާ ހަމައަށް ވާސިލުވެވުނުއިރު، އެހީގެ ތަކެތި ހުރީ އެއްކޮށް ހުސްވެފައެވެ.

"ކުރިން އަޅުގަނޑުމެން ދިރިއުޅުނީ ވަރަށް ތަފާތުކޮށް. ކާންބޯން ބޭނުންވާ ހުރިހާ އެއްޗެއް ލިބެން ހުރި. އެކަމަކު ހަނގުރާމަ ފެށުނުފަހުން ފުށެއް ނެތް، ފެނެއް ނެތް، ބަނޑުފުރާލަން އެއްޗެއްވެސް ނެތް،" މުހައްމަދު ބުންޏެވެ.

12 ފަހަރަށްވުރެ ގިނައިން އެހީ ހޯދަން މަސައްކަތް ކުރިނަމަވެސް، ކޮންމެ ފަހަރަކުވެސް ހުސްއަތާއެކު އެނބުރި އަންނަން ޖެހުނެވެ. އެއް ދުވަހަކު އިންތިހާއަށް ބަނޑުހައިވެފައި ހުރި ވަރުން، ގޭގައި ކާން އެއްވެސް އެއްޗެއް ނެތުމުން، ވެލި ކެއުމަށް މަޖުބޫރުވިއެވެ.

އަމިއްލަ ޢިއްޒަތާއި ކަރާމާތް ހިފެހެއްޓުމަށްޓަކައި އެހެން މީހުންގެ އެހީއަށް އެދުމުން އަބަދުވެސް ދުރުހެލިވި މުހައްމަދު، މިހާރު ކުޑަ ކުޑަ އަންހެން ކޮއްކޮއަސް ކާންދިނުމަށްޓަކައި ބޮޑުބޭބެގެ ގާތުގައި މަސައްކަތް ކުރަން ޖެހިފައިވެއެވެ. 

"އަހަރެމެން އުޅުނީ ޢިއްޒަތްތެރިކަމާއެކު. މިހާރު ދިރިހުރުމަށްޓަކައި ސަލާން ޖަހައި އެހީއައް އެދި އަތްދިއްކުރަން ޖެހިއްޖެ،" އޭނާ ބުންޏެވެ.

މި ހިތާމަވެރި ހާލަތުގައި، މުހައްމަދުގެ ހިތުގައި އުފެދޭ ހަމައެކަނި ސުވާލަކީ ދުނިޔެ ފަލަސްޠީނަށް މިހާބޮޑަށް ބީރުކަންފަތެއް ދީފައިވަނީ ކީއްވެތޯއެވެ.  

 

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS