Ads by Stelco

ޚަބަރު

ރާއްޖޭގެ ސްކޫލްތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް 5 ޑެޕިއުޓީ ސުޕްރިންޓެންޑެންޓުން ހަމަޖައްސަވައިފި

ރާއްޖޭގެ ސްކޫލްތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް 5 ޑެޕިއުޓީ ސުޕްރިންޓެންޑެންޓުން ހަމަޖައްސަވައިފި

ސްކޫލެއްގެ ދަރިވަރުން/ފޮޓޯ: ސައުވީސް

08 ޖުލައި 2025، 07:10

ރާއްޖޭގެ ސްކޫލްތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ޖުމްލަ 5 ޑެޕިއުޓީ ސުޕްރިންޓެންޑެންޓުން ތަޢުލީމީ ވުޒާރާއިން ހަމަޖައްސަވައިފިއެވެ.

ސްކޫލުތަކުގެ އިދާރީ ކަންކަން ބެލެހެއްޓެވުމަށް ފުރަތަމަ ފަހަރަށް މަޤާމެއް އުފެއްދެވީ މިދިޔަ މަހުގެ ތެރޭގައެވެ. އެގޮތުން، މި މަޤާމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، އިސްމާޢީލް ސަޢުދުﷲއެވެ. އެއަށްފަހު، ތަޢުލީމީ ވުޒާރާއިން މިހާރު ވަނީ އިސްމާޢީލް ސަޢުދުﷲ ގެ ދަށުން މަސައްކަތް ކުރެއްވުމަށް ޑެޕިއުޓީ ސުޕްރިންޓެންޑެންޓުން ހަމަޖައްސަވާފައެވެ.

ޑެޕިއުޓީންގެ ގޮތުގައި ހަމަޖައްސެވި 5 ބޭފުޅުން:

  • ފަޒްނާ ޔޫސުފު ފާރިގް
  • އަހުމަދު ފައިސަލް
  • މުހައްމަދު ނަތީމް
  • އާމިނަތު ޒީނިޔާ
  • އަލީ މުފީދު

ސްކޫލުތަކަށް ކަނޑައަޅުއްވާފައިވާ ސުޕްރިންޓެންޑެންޓުން އަދާކުރަންޖެހޭ މަސްއޫލިޔަތުތަކެއް ހުރެއެވެ. އެގޮތުން، ސްކޫލްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަން ބަލައި އެ ކަންކަމުގައި ބައިވެރިވާން ޖެހޭނެއެވެ. ހަމަ އެހެންމެ، ގައުމީ މަންހަޖަށް ލަފާ ދިނުމަކީ ވެސް މި ފަރާތްތަކުގެ ޒިންމާއެކެވެ. މީގެ އިތުރުން، އަހަރީ ބަޖެޓް ތައްޔާރު ކުރުމާއި، ޒޯނު އޮފީހާއި ޒޯނުގައި ހިމެނޭ ސްކޫލްތަކުގެ މާލީ ހިސާބު ބެލެހެއްޓުމަކީ ވެސް މި ބޭފުޅުންގެ މަސްއޫލިއްޔަތެކެވެ.

ސްކޫލުތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިވަގުތު ތަޢުލީމީ ވުޒާރާއިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސްކޫލް އެޑްމިނިސްޓްރޭޝަން ދާއިރާ ރަނގަޅުކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS