Ads by Stelco

ޚަބަރު

ކުޑަކުދިންތަކެއް މިސްކިތެއް ތެރޭގައި ނަށާ ވީޑިއޯއެއް، ވަޒީރު ވިދާޅުވީ ކުދިންނަށް ނަޞޭޙަތްތެރިވާނަންކަމަށް

ކުޑަކުދިންތަކެއް މިސްކިތެއް ތެރޭގައި ނަށާ ވީޑިއޯއެއް، ވަޒީރު ވިދާޅުވީ ކުދިންނަށް ނަޞޭޙަތްތެރިވާނަންކަމަށް

މަސްޖިދުލް ހުދާ/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

08 ޖުލައި 2025، 07:50

ކުޑަކުދިންތަކެއް މިސްކިތެއް ތެރޭގައި ނަށާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާތީ، އެކުދިންނަށް ނަޞޭޙަތްތެރިވާނަންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ޏ. ފުވައްމަލަކު މިސްކިތް މަގުގައި ހުންނަ މަސްޖިދުލް ހުދާ (ލިލީ މިސްކިތް) ތެރޭގައި ކުދިންތަކެއް ނަށާ ވީޑިއޯއެއް ފެންމަތިވުމާއި ގުޅިގެންނެވެ.

މި ވީޑިއޯގައި ފެންނަނީ، ޓިކްޓޮކްގައި މިހާރު ވައިރަލްވަމުން އަންނަ ނެށުމަކަށް ފަސް ފިރިހެން ކުދިންވެގެން މިސްކިތްތެރޭގައި ނަށާ މަންޒަރެވެ. އެގޮތުން، ލަވައިގެ އަޑުވެސް އިވޭނެހެން ލަވަޖަހައިގެން މި ކުދިން ޓިކްޓޮކް ނެށުމަކަށް ނަށާފައިވާއިރު، މިއީ މަސްޖިދުލް ހުދާ މިސްކިތުގެ ދެވަނަ ފަންގިފިލާގައި ތިބެގެން އެކުދިން ކޮށްފައިވާކަމެއް ކަމަށް ފުވައްމުލަކުގެ ބައެއް މީހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، މިސްކިތްތަކަކީ ﷲ އަށް އަޅުކަންކުރުމަށާއި އެކަލާނގެއަށް ޒިކުރުކުރުމަށް ބިން މަތީގައި ލެއްވިގެންވާ މާތް ބިނާތަކެއް ކަމަށެވެ. އެހެންކަމުން، އެތަންތަނުގައި ނެށުމާއި އެތަނާއި ނުގުޅޭފަދަ ކަންކަން ކުރުމަކީ ހެޔޮވެގެންވާނެކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، މިކަމާއި ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކުދިންނަށް ނަޞޭޙަތްތެރިވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ވީޑިއޯ މީސްމީޑިއާގައި ދައުރުވާން ފެށުމާއެކު، މިކަމަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރާއި ބެހޭގޮތުން ދެކެވޭ އެކިކަހަލަ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS