Ads by Stelco

ޚަބަރު

މާލޭގެ ކެފޭއެއްގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މާލޭގެ ކެފޭއެއްގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އިއްޔެ ހަވީރު މާލޭގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން

08 ޖުލައި 2025، 07:50

މާލެ ސަރަޙައްދުގައި އިއްޔެ ހަވީރު ހިންގި އޮޕަރޭޝަނެއްގައި ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި މީހާ އަތުލައިގަނެފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ، އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިޔަ ޓޭކްއަވޭ ކެފޭއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.  އަދި  މި ތަނުގައި ޞައްޙަ ވިސާއެއް ނެތި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 01 ބިދޭސީއަކު ފާހަގަވެފައިވާކަމަށް އިމިގްރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ. އެއީ ބިދޭސީ އަންހެނެކެވެ. އަދި އެ ބިދޭސީ މީހާ މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދައި، އެމީހުންނާއި މެދު އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތަކެއް ފަށައިފައެވެ. އަދި މި އޮޕަރޭޝަންތަކުގެ ދަށުން މިހާރު ވަނީ ގިނަ ޢަދަދެއްގެ ބިސޭސީންނެއް އަތުލައިގަނެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS