Ads by Stelco

ޚަބަރު

ފެނަކަ ބޯޑުގެ ޗެއަރޕާސަންކަމަށް ޝާމް އައްޔަންކޮށްފި

ފެނަކަ ބޯޑުގެ ޗެއަރޕާސަންކަމަށް ޝާމް އައްޔަންކޮށްފި

ހުސެއިން ޝާމް އާދަމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖުލައި 2025، 07:58

08 ޖުލައި 2025، 07:58

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ހުސެއިން ޝާމް އާދަމް އައްޔަން ކުރައްވައިފިއެވެ. މި މަޤާމަކީ ފެނަކަ ކޯޕަރޭޝަންގެ ހިންގުން ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ މަޤާމެކެވެ.

މި މަޤާމަށް ޝާމް އައްޔަންކޮށްފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝިމާދު ފެނަކައިގެ ބޯޑުގެ ޗެއަރޕާސަންކަމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުއެވެ. ޝިމާދު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަޤާމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝާމް އައްޔަންކުރައްވާފައިވާކަން ފެނަކައިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ހުސެއިން ޝާމް އާދަމްއަކީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުވެސް މިހާރުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެހެންކަމުން، ފެނަކަ ފަދަ ދައުލަތުގެ މުހިންމު ކުންފުންޏެއްގެ ހިންގުން ބެލެހެއްޓުމަށް ބޭނުންވާ މާލީ އަދި ތަރައްޤީގެ ދާއިރާގެ ތަޖުރިބާ އޭނާގެ ކިބައިގައި އެބަހުއްޓެވެ.

ޝާމް ފެނަކަ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް އައްޔަން ކުރުމާ ގުޅިގެން ފެނަކައިން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. އަދި އޭނާ ކުންފުންޏާ ގުޅިވަޑައިގަތުމަކީ ފެނަކައިގެ ކުރިއެރުމަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް ފެނަކައިން ވިދާޅުވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS