Ads by Stelco

ޚަބަރު

ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް ފުލުހުންގެ ޚާއްޞަ ސެޝަނެއް

ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް ފުލުހުންގެ ޚާއްޞަ ސެޝަނެއް

ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް ފުލުހުންގެ ޚާއްޞަ ސެޝަން/ފޮޓޯ: ފުލުހުން

09 ޖުލައި 2025، 01:29

ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިސްރަށްވެހިންނަށް ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ، މިމަހުގެ 8 ވަނަ ދުވަހު ހެންވޭރު ޕޮލިސް ނެއިބަހުޑް ސަޕޯޓާއި އިސްރަށްވެހިންގެ ނާދީއާއި ގުޅިގެންނެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސްކޭމްތަކުގެ ބާވަތްތަކާއި ޚާއްޞަކޮށް އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ ޢަމަލުތަކާއި، ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކުން ރައްކާތެރިކުރުވުމަށް މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. ހަމަ އެހެންމެ، އިސްރަށްވެހިންނަކީ ސްކޭމްކުރާ ފަރާތްތަކުގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށްވާތީ، އެފަދަ ޢަމަލުތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން އެމީހުންނަށް ކިޔައީފައިވެވާކަމަށް ފުލުހުން ވިދާޅުވެއެވެ

ފުލުހުން އިތުރަށް ވިދާޅުވީ، މި ސެޝަންގައި ނުދަންނަ ނަންބަރުތަކުން ގުޅިޔަސް އަދި އެފަދަ ނަންބަރަކުން މެސެޖެއް އައިކަމުގައި ވިޔަސް ޖަވާބުނުދިނުމަށް އިސްރަށްވެހިންނަށް ނަޞޭޙަތްތެރިވެފައިވާ ކަމަށެވެ. ހަމަ އެހެންމެ، ގޮތްނޭނގޭ އެއްވެސް ލިންކަކަށް ނުވަނުމަށާއި، ޒާތީ މަޢުލޫމާތާއި ބެންކު އެކައުންޓާއި ކޭޝްކާޑާއި ޕިންނަމްބަރު ފަދަ މަޢުލޫމާތު ނުދިނުމަށާއި، ފައިސާގެ މުޢާމަލާތްތައް ކުރާއިރު ސަމާލުވުމަށް ވެސް ވަނީ ބުނެދީފައެވެ.

އިސްރަށްވެހިންގެ ނާދީން ވަނީ، މިފަދަ ސެޝަންތަކަކީ ވަރަށް މުހިންމު ސެޝަންތަކެއް ކަމުގައި ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި  އިސްރަށްވެހިންނަށް އަމާޒުކޮށްގެން މިފަދަ ސެޝަންތައް ކުރިއަށް އޮތްތާނގައި ވެސް ކުރިއަށް ގެންދާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS