ދުނިޔެ

ނެތަންޔާހޫ ދެކެމުންދަނީ ހުވަފެނެއް، އެއްބަސްވުމުގައިވާ ޝަރުތުތަކާ އެއްގޮތަށް މެނުވީ އަސީރުން ދޫނުކުރާނަން: ޙަމާސް

ނެތަންޔާހޫ ދެކެމުންދަނީ ހުވަފެނެއް، އެއްބަސްވުމުގައިވާ ޝަރުތުތަކާ އެއްގޮތަށް މެނުވީ އަސީރުން ދޫނުކުރާނަން: ޙަމާސް

ހަމާސްގެ ލީޑަރު އިއްޒަތް އަލް-ރަޝްޤް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖުލައި 2025، 02:53

09 ޖުލައި 2025، 02:53

އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ދެކެމުންދަނީ ހުވަފެނެއް ކަމަށާއި، އެއްބަސްވުމުގައިވާ ޝަރުތުތަކާ އެއްގޮތަށް މެނުވީ އަސީރުން ދޫނުކުރާނެ ކަމަށް ޙަމާސްއިން ބުނެފިއެވެ. 

ހަމާސްއިން އަންގާރަ ދުވަހު ބުނެފައިވަނީ، ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށްލުމާއި ހަމާސް އަށް ބޯލަނބާލުމާ ބެހޭގޮތުން އިސްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ދައްކާފައިވާ ވާހަކަތަކަކީ އޭނާ ދެކެމުންދާ "ހުވަފެނެއް" ކަމަށާއި، އެއްބަސްވުމުގައިވާ ޝަރުތުތަކާ އެއްގޮތަށް މެނުވީ އެމީހުން ދޫކޮށްނުލެވޭނެ ކަމަށެވެ. ހަމާސްގެ ލީޑަރު އިއްޒަތް އަލް-ރަޝްޤް ޓެލެގްރާމްގައި ޕޯސްޓްކުރި ލިޔުމެއްގައި ބުނެފައިވަނީ "ހައްޔަރުކުރެވިފައިވާ ހުރިހާ މީހުން ދޫކޮށްލުމާއި ހަމާސް ބޯލަނބާލުމާ ބެހޭގޮތުން ނެތަންޔާހޫ ދައްކާފައިވާ ވާހަކަތަކުން ދައްކުވައިދެނީ ނަފްސާނީ ބަލިކަށިކަމެއް، މައިދާނުގެ ޙަޤީޤަތެއް ނޫން" މިހެނެވެ.

 އޭނާ އިތުރަށް ބުނެފައިވަނީ ދުޝްމަނުންގެ ލީޑަރުން އެމީހުންގެ ހައްޔަރުކުރެވިފައިވާ މީހުން އަސްކަރީ އޮޕަރޭޝަނަކުން އަނބުރާ ގެނައުމުގައި ފެއިލްވެފައިވާކަން ޤަބޫލުކުރުމަށްފަހު، މުޤާވަމާއާއެކު ސީރިއަސް ޑީލްއެއް މެދުވެރިކޮށް މެނުވީ އެމީހުން ދޫކޮށްނުލެވޭނެކަން ވަރަށް ސާފުކޮށް އެނގިފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ "ޣައްޒާ ބޯނުލަނބާނެ... އަދި މުޤާވަމާއިން ޝަރުތުތައް ކަނޑައަޅާނީ، ހަމަ އެމީހުން ހަމަތައް ކަނޑައެޅި ފަދައިން" ކަމަށެވެ.

 އިސްރޭލުގެ އޮކިއުޕޭޝަން ފޯސްތަކުން ޣައްޒާގެ މައްޗަށް ހަނގުރާމަ ކުރިއަށްގެންދަނީ ޤަޠަރުގައި ހަމާސްއާއި އިސްރޭލާ ދެމެދު ހިނގަމުންދާ ނުސީދާ މަޝްވަރާތަކާ އެކުގައެވެ. މި މަޝްވަރާތަކުގެ މަޤްޞަދަކީ ހައްޔަރުކުރެވިފައިވާ މީހުން ބަދަލުކުރުމާއި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވުމެވެ. 

އަންގާރަ ދުވަހުގެ ރޭ، ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެވަނަ ފަހަރަށް ބައްދަލުކުރުމުގެ ކުރިން، އިސްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ހައްޔަރުކުރެވިފައިވާ މީހުން ބަދަލުކުރުމާއި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވުމަށް މަޝްވަރާތައް ކުރިއަށްދާއިރުވެސް ޣައްޒާގެ މައްޗަށް ހަނގުރާމަ ކުރިއަށްގެންދިއުމަށް އަޒުމް ކަނޑައަޅާފައިވާކަން އަލުން ކަށަވަރުކޮށްދީފައެވެ. އެކްސް ޕްލެޓްފޯމްގައިވާ އޭނާގެ އެކައުންޓް މެދުވެރިކޮށް ދެއްކި ޓީވީ ސްޕީޗެއްގައި ނެތަންޔާހޫ ވަނީ ހަނގުރާމައިގެ މަޤްޞަދުތައް ކަނޑައަޅާފައެވެ. 

އެއީ "އަޅުގަނޑުމެންގެ ހުރިހާ އަސީރުން ދޫކޮށްލުމާއި، ޙަމާސްގެ އަސްކަރީ އަދި ވެރިކަމުގެ ޤާބިލިއްޔަތުތައް ނައްތާލުމާއި، ޣައްޒާއިން އިސްރޭލަށް އިތުރު ނުރައްކަލެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުން، އެބަހީ ޙަމާސް ވުޖޫދުން ނައްތާލުން" ކަމަށެވެ

. ނެތަންޔާހޫ އިތުރަށް ބުނެފައިވަނީ "އަޅުގަނޑުމެން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ މަޤްޞަދުތައް ފުރިހަމަކުރުމަށް އަޒުމް ކަނޑައަޅާފައިވާ" ކަމަށެވެ. ނެތަންޔާހޫ ވަނީ ޣައްޒާގެ އުތުރުގައިވާ ބައިތް ހާނޫންގައި ޙަމާސްގެ ޢަސްކަރީ ވިންގު ކަމުގައިވާ ކަތާއިބް އަލް-ޤައްސާމްއިން ހިންގި އޮޕަރޭޝަނާ ބެހޭގޮތުން ވާހަކަދައްކާފައެވެ.

 މި އޮޕަރޭޝަނުގައި އިސްރޭލުގެ 5 ސިފައިން މަރުވެފައިވެއެވެ. އޭނާ މިކަން ސިފަކޮށްފައިވަނީ "އިސްރޭލުގެ ރައްޔިތުންނަށް ދަތި ދުވަހެއް" ގެ ގޮތުގައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS