ދުނިޔެ

ޔަމަނުގެ އަންސާރުﷲ އިން އިސްރާއީލާ ގުޅުންހުރި "މެޖިކް ސީސް" އުޅަނދު ރަތްކަނޑުގައި ފައްތާލައިފި

ޔަމަނުގެ އަންސާރުﷲ އިން އިސްރާއީލާ ގުޅުންހުރި "މެޖިކް ސީސް" އުޅަނދު ރަތްކަނޑުގައި ފައްތާލައިފި

ފައްތާލި ކަމަށްބުނާ އުޅަނދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖުލައި 2025، 05:18

09 ޖުލައި 2025، 05:18

ޔަމަނުގެ އަންސާރުﷲ އިން އިސްރާއީލާ ގުޅުންހުރި ވިޔަފާރި އުޅަނދެއް ކަމުގައިވާ "މެޖިކް ސީސް" ރަތްކަނޑުގައި ފައްތާލި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާދީއްތަ ދުވަހު ޢާންމުކޮށްފިއެވެ. 

ޔަމަނުގެ ހަތިޔާރުވެރި ބާރުތަކުން ބުނެފައިވާ ގޮތުގައި މި އުޅަނދަކީ ފަލަސްތީނުގެ ބަނދަރުތަކަށް ވަނުން މަނާކޮށްފައިވާ އަމުރާ ޚިލާފުވެފައިވާ އުޅަނދެކެވެ.

ވީޑިއޯގައި ފެށުމުގައި ޔަމަނުގެ ކަނޑުގެ ބާރުތަކުން އިނގިރޭސި ބަހުން އިންޒާރެއް ދީފައިވެއެވެ. އެގޮތުން މެޖިކް ސީސް އުޅަނދަށް ވަގުތުން ހުއްޓުމަށާއި، ބަލައި ފާސްކުރުމަށް އަމުރުކޮށް، އަމުރާ ޚިލާފުވެއްޖެނަމަ ނަތީޖާ ކުރިމަތިވާނެކަމަށް އިންޒާރު ދީފައިވެއެވެ.

ނަމަވެސް އުޅަނދުން އަމުރަށް ތަބާނުވެ، އެއީ "ޤާނޫނީ ދަތުރެއް" ކަމަށް ބުނެ، ޔަމަނުގެ ކަނޑުގެ ބާރުތަކަށް ނުފޯރުވުމަށް އެދިފައިވެއެވެ. މީގެ ފަހުން، ވީޑިއޯގައި ކަނޑުގެ ޑްރޯންތަކާއި މިސައިލްތައް ބޭނުންކޮށްގެން އުޅަނދަށް ޙަމަލާދޭ މަންޒަރު ފެނިގެންދެއެވެ. އުޅަނދުގެ ޑެކުގައި ގަދަ އަލިފާނާއި ދުން އުފެދި، އުޅަނދަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

ޔަމަނުގެ ސިފައިންގެ ޚަބަރު ފަތުރާ ފަރާތް، ޔަޙްޔާ ސަރީ ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނަކީ އުޅަނދުގެ ވެރިފަރާތުން ވޭތުވެދިޔަ ހަފްތާގައި އިންޒާރުތަކާ އެކުވެސް ތިން އުޅަނދު އިސްރާއީލީ ބަނދަރުތަކަށް ފޮނުވުމާ ގުޅިގެން ހިންގުނު އޮޕަރޭޝަނެކެވެ.

 އުޅަނދު ފައްތާލުމުގެ ކުރިން ފަޅުވެރިން ރައްކާތެރިކަމާއެކު ސަލާމަތްކުރެވުނު ކަމަށާއި، ޔަމަނުގެ އަމުރުތަކާ ޚިލާފުވާ ކުންފުނިތަކާ ގުޅުންހުރި އެއްވެސް އުޅަނދަކަށް ބާރުގެ ބޭނުން ކުރުމުގައި ފަސްޖެހުމެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ހުއްޓައި، ބްލޮކޭޑް ނަގަންދެން ހަނގުރާމަވެރި ޢަމަލުތައް ކުރިއަށްދާނެ ކަމަށް ސަރީ ވިދާޅުވިއެވެ. މިގޮތުން އިސްރާއީލުގެ ދެކުނުގެ ބަނދަރު އީލަތާއި، ރަތްކަނޑާއި ޢަރަބި ކަނޑުގައި އިސްރާއީލާ ގުޅުންހުރި ކަނޑުގެ ދަތުރުފަތުރަށް ޙަމަލާދިނުން ހިމެނެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS