ކުޅިވަރު

ގޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މުބާރާތް އަންނަ މަހު ފަށަނީ

ގޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މުބާރާތް އަންނަ މަހު ފަށަނީ

މިދިޔަ އަހަރު ކުޅުނު ގޯލްޑް ކަޕްގައި ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ޖުލައި 2025، 10:52

09 ޖުލައި 2025، 10:52

90 ޕެލަސް ގޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރު އަންނަ މަހު ހައްދުންމަތީގައި ފެށުމަށް ނިންމައިފިއެވެ.

ދިވެހި ފުޓުބޯޅައިގެ އަޑު ފަނޑުވެފައި ވަނިކޮށް މިދިޔަ އަހަރު ފެށި ގޯލްޑް ކަޕް ވެގެންދިޔައީ ރާއްޖޭގެ ފުޓުބޯޅައަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ގެނުވި ހަރަކާތަކަށެވެ. އެ މުބާރާތުގެ މެޗުތައް ބަލަން ގިނަ ކުޅިބެލުންތެރީންނެއް ދަނޑަށް ވަދެފައިވެއެވެ.

އެ މުބާރާތް އިތުރަށް ފުރިހަމަ ކުރުމަށް އަތޮޅު ކޮލިފައިން މުބާރާތްތަކެއް ބޭއްވުމަށް، މުބާރާތް އިންތިޒާމު ކުރާ 90 ޕްލަސްއިން ވަނީ ނިންމާފައެވެ. އަދި ކޮލިފައިވާ ޓީމުތައް ދާނީ މާލޭގައި ކުޅޭ ފައިނަލް މުބާރާތަށެވެ.

އެގޮތުން 90 ޕްލަސް ގޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅޭ ފުރަތަމަ މުބާރާތް ހައްދުންމަތީގައި ބޭއްވުމަށް ނިންމައި އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ލ. އަތޮޅު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ރޭގައެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް ޢަލީ ވިދާޅުވީ އެ އަތޮޅުގައި ބާއްވާ ލާމަސީލު ލާމު ފުޓްބޯޅަ މުބާރާތް ބާއްވާތާ މިއީ ދެވަނަ އަހަރު ކަމަށާއި، މިއަހަރު އަތޮޅު ކައުންސިލުން ބާއްވާ މި މުބާރާތުން ޗެމްޕިއަންކަން ހޯދާ ޓީމަށް ގޯލްޑްކަޕްގެ ޖާގަ ލިބޭނެ ކަމަށެވެ.

އަދި މިހާތަނަށް ކޮލިފައިންގައި ވާދަކުރުމަށް 8 ޓީމަކުން ކުރިމަތިލާފައިވާކަމަށާއި، އޭގެތެރޭގައި ގަމުން ނިކުންނަ ހަތަރު ޓީމު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ކޮންމެ ރަށަކަށްވެސް ލިބޭނީ އެއް ޓީމު ނެރުމުގެ ފުރުސަތު ކަމަށާއި، ކުރިޔަށް އޮތްތަނުގައި ކޮންމެ އަހަރަކުވެސް މި މުބާރާތް ކުރިޔަށް ގެންދަވާނެ ކަމަށެވެ.

"އުންމީދު ކުރަނީ ވަރަށް ފޯރީގައި މުބާރާތް ކުރިޔަށްދާނެކަމަށް. މަސައްކަތް ކުރާނީ ވީހާވެސް ރަނގަޅަށް ކުޅިވަރުގެ ރޫހާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް. އަދި 90 ޕްލަސްގެ ގަވާއިދުގައި ހަމަޖެހިފައި އޮތް ގޮތަށް މާލޭގައި އޮންނަ މުބާރާތަށް ޓީމުގެ ކުޅުންތެރިން ބަދަލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ" ކަމަށް އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ މުބާރާތަށް ޓީމިތައް ކޮލިފައިވާ ގޮތަށް ބަލާލާއިރު އަހަރުގެ މިދިޔަ އަހަރު ކުޅުނު ޓީމުތަކުގެ ތެރެއިން ގަދަ 8 ޓީމާއި ސިޓީތަކުގެ ޓީމުތަކާއެކު ޖުމްލަ 28 ޓީމަށް މިއަހަރުގެ ފައިނަލް ބުރުގައި މާލޭގައި ކުޅުމުގެ ފުރުސަތު ދިނުމަށް 90 ޕްލަސްއިން ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS