ޚަބަރު
އިއްޔެ ދިލްބަހާރުމަގުގައި ބޮޑު ރެއިޑެއް، ޤަވާއިދާ ޚިލާފު 31 ބިދޭސީން ހައްޔަރަށް

އިމިގްރޭޝަންގެ ރެއިޑުގައި ދިލްބަހާރުމަގުގައި ހުރި ގަރާޖެއް ކައިރީގައި ބަޔަކާ ސުވާލުކުރަނީ. ފޮޓޯ: އިމިގްރޭޝަން
މާލޭ ދިލްބަހާރުމަގުގައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ރެއިޑެއް ކުރިއަށްގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ އިމިގްރޭޝަންގެ ޓާސްކްފޯސްއަށް ގިނަ އަދަދަކަށް ރިޕޯޓު ލިބިފައިވާކަމަށެވެ. އަދި މާލޭގެ ދިލްބަހާރުމަގުގައި ހިމެނޭ ބިދޭސީންގެ ނުފޫޒު ބޮޑުކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން ބަލައިފާސްކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި އޮޕަރޭޝަނުން، އެ ތަންތަނުގައި ޤަވާއިދާ ހިލާފަށް އުޅެމުންދިއަ 31 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
އިއްޔެ ހަވީރު ޓާސްކްފޯސްއިން ވަނީ، ގިނަ އަދަދަކަށް ރިޕޯޓު ލިބިފައިވާ، މާލޭގެ ދިލްބަހާރުމަގުގައި ހިމެނޭ ބިދޭސީންގެ ނުފޫޒު ބޮޑުކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން ބަލައިފާސްކޮށްފައި. މި އޮޕަރޭޝަނުން، އެ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 31 ބިދޭސީން ވަނީ… pic.twitter.com/opAnIPC81Q
— Maldives Immigration (@ImmigrationMV) July 10, 2025
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބިދޭސީން އުޅޭ ތަންތަން ބަލައި ފާސްކުރުމާއި ބިދޭސީން ހައްޔަރުކުރުމުގެ މަސައްކަތް މިސަރުކާރުން ފަށައި، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި ގިނަ ޢަދަދެއްގެ ބިދޭސީން ހައްޔަރުކޮށް ޤައުމަށް ޑީޕޯޓު ކޮށްލައިފައިވެއެވެ.