ޚަބަރު
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ޢުމްރާއަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ޙައްޖު ކޯޕަރޭޝަނުން ހުޅުވާލައިފި

މިއަހަރު ޙައްޖަށް ދިޔަ ޙައްޖުވެރިންތަކެއް/ފޮޓޯ: ސަން އޮންލައިން
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ޢުމްރާއަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ހުޅުވާލައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، ސެޕްޓެމްބަރު ޢުމްރާއަށް ދިިޔުމަށް ބޭނުންވާ ފަރާތްތަކުން މިއަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފޯމު ލާންޖެހޭނެކަމަށެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ޢުމްރާގައި ޙައްޖު ކޯޕަރޭޝަނުން ދެ ޕެކޭޖެއް ހިމަނުއްވާފައެއިވާ ކަމަށެވެ. އެއީ، 12 ދުވަހުގެ ޕެކޭޖަކާއި 15 ދުވަހުގެ ޕެކޭޖެކެވެ. އެގޮތުން، 12 ދުވަހުގެ ޕެޖޭކްގެ އަގަކީ 28،965 ރުފިޔާއެވެ. އަދި 15 ދުވަހުގެ ޕެކޭޖްގެ އަގެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ 29،965 ރުފިޔާ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
ޢުމްރާ ޕެކޭޖްގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް:
- ޢުމްރާ ވިސާ
- އެއާލައިން ދެކޮޅު ޓިކެޓް
- 5 ލީޓަރުގެ ޒަމް ޒަމް ފެން ފުޅިއެއް
- ލޮކޭޝަން ޓްރެކިންގ ޑިވައިސް
- 3 ޢުމްރާ ކުރުން
- ފެންވަރު ރަނގަޅު ހޮޓަލެއްގައި ތިބުމުގެ އިންތިޒާމް
- ބަގީގެ ޚިދުމަތްތައް
- ލޯންޑްރީގެ ޚިދުމަތް
- ހައިސްޕީޑް ރޭލުގައި މަދީނާ ދަތުރު
- 24 ގަޑިއިރުގެ ކްލިނިކްގެ ޚިދުމަތް (ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއެކު)
- މީރު ދިވެހި ކެއުން
- ޢުމްރާ ކިޓް (ފޮށި، އަތްދަބަސް، އިޙްރާމް، ޢުމްރާ ދުޢާ ކާޑް، ޢުމްރާ އަތްމަތީ ފޮތް، ފައިވާންލާ ކޮތަޅު، ޓޮއިލެޓްރީ ބޭގް)
- މައްކާ އަދި މަދީނާގެ ޒިޔާރަތް ދަތުރު
- ދީނީ ޢިލްމުވެރިންގެ ދަރުސްތައް
- ޢުމްރާ ޓްރެއިނިންގް
- ޢުމްރާ ވުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
ޙައްޖު ކޯޕަރޭޝަނުން ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް އަބަދުވެސް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނައިރު، ސެޕްޓެމްބަރު ޢުމްރާއަށް ނަން ނޯޓު ކުރެއްވުމަށާއި، އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9482292 ނުވަތަ 1435 އަށް ގުޅުއްވުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ އެދިލައްވާފައެވެ.