ދީން / ޚަބަރު

ގަބުރުސްތާނުގައި ޕާކް ހެދުން ހުއްދައެއް ނޫން: ފަތުވާ މަޖިލީސް

ގަބުރުސްތާނުގައި ޕާކް ހެދުން ހުއްދައެއް ނޫން: ފަތުވާ މަޖިލީސް

ފޮޓޯ: އަޙްމަދު ނާޖިހު

farudhun logo

ފަރުދުން

10 ޖުލައި 2025، 01:13

10 ޖުލައި 2025، 01:13

ގަބުރުސްތާނުގައި ޕާކް ފަދަ ތަންތަން ހެދުން ހުއްދައެއް ނޫން ކަމަށް ކަނޑައަޅާ، ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ފަތުވާއެއް މިއަދު ނެރެފިއެވެ. 

ފަތުވާ މަޖިލީހުން އެ މަޖިލީހުގެ ވެބްސައިޓް މެދުވެރިކޮށް މިގޮތަށް ފަތުވާއެއް މިއަދު ނެރެފައިވާއިރު  2017 ވަނަ އަހަރުވެސް އެ މަޖިލީހުން ވަނީ "ދުވަސްވެ، އިންދިރާސްވެފައިވާ ގަބުރަސްތާނުތަކުގެ ބިން، އާންމު މަސްލަހަތު ހުރި ކަންކަމުގައި ބޭނުންކުރުން" ނަމުގައި ފަތުވާއެއް ނެރެފައެވެ. އެ ފަތުވާގައި ވަނީ އާންމު މަސްލަހަތަށް ބޭނުންވާ ބޭނުންތަކަށް ގަބުރުސްތާނު ހުންނަ ބިމެއް، މަދަރުސާ، ހޮސްޕިޓަލް، މަގު ނުވަތަ ފާލަމަކަށް ބަދަލުކުރެވިދާނެ ކަމަށެވެ. އެއީ ބައެއް އިސްލާމީ ޤަައުމުތަކުގައިވެސް އަމަލުކުރާ ގޮތެކެވެ. 

މިއަދު ނެރުނު ފަތުވާ ފާސްކޮށްފައިވަނީ މިދިޔަ މަހުގެ ޖޫން 24 ގައެވެ. ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަކަށް ރިއާޔަތްކޮށް ނެރުނު އެ ފަތުވާގައި ވަނީ  އިސްލާމްދީނުގައި އާދަމްގެފާނުގެ ދަރީން، މާތްﷲ އުފެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރިކުރައްވާފައިވާ ކަމަށް ބުނެފައެވެ. އެ މަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި އަދި މަރުވުމަށް ފަހު ވެސް އެ އިހުތިރާމު ދެމިއޮންނަކަން ރަސޫލާ (ސޢވ)ގެ ހަދީޘްތަކުން އެނގޭ ކަމަށް ބުނެފައި ވެެއެވެ. ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގައި، އެހެން ތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ހުރުމަތް ކެނޑޭ ކަމެއްކަން އެކި ހަދީޘތަކުން ދޭހަވާ ކަމަށް ފަތުވާގައި ބުނެފައި ވެއެވެ. 

މިއީ، އިސްލާމީ ޝަރީއަތުގައ،ި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ 

ފަތުވާ މަޖިލީހުން މިފަދައިން ފަތުވާ ނެރެފައިވަނީ މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާ އާއި ގަލޮޅު ސަހަރާ  ސާފުކޮށް، ގަލޮޅު ސަހަރާގައި ޕާކިން ޒޯނެއް ތަރައްގީކުރަން ނިންމާފައިވަނިކޮށެވެ. އަދި މާފަންނު ސަހަރާގައި "މާފަންނު މައިޒާން" ނަމުގައި ޕާކެއް ތަރައްގީކުރަން އެތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދަމުންދަނިިކޮށެވެ.

މާފަންނު ސަހަރާގެ ބައެއް ސާފުކޮށް ޕާކިން ޒޯނެއްގެ ގޮތުގައި މީގެ ކުރިން ތަރައްގީކޮށްފައި ވެެއެވެ. އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު އެވެ.

މި ލިޔުން ކިޔާލުމުން