ކުޅިވަރު / ޚަބަރު
ކުޅިވަރުގެ ރޮނގުން ރާއްޖެއަށް އެހީވާން ސައުދީ އިން މަޝްވަރާކޮށްފި

ވަޒީރު ޢަބްދުﷲ ރާފިޢުއާއި ސަޢުދީ ސަފީރު ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ

ފަރުދުން
10 ޖުލައި 2025، 02:53
10 ޖުލައި 2025، 02:53
ކުޅިވަރުގެ ރޮނގުން ރާއްޖެއަށް އެހީވާން ސަޢޫދީ ޢަރަބިއްޔާއިން މަޝްވަރާކޮށްފިއެވެ.
ދެ ޤަައުމުގެ ދެމެދު މި މަޝްވަރާ ބޭއްވުނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ އާ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އަދި ކުޅިވަރު ވުޒާރާގެ ޕާމަނަންޓް ސްކެޓްރީ އަޙުމަދު ޝިޔާޢުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކުޅިވަރުގެ ރޮނގުން ދެ ޤައުމުގެ ގުޅުން ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އޭގެ ތެރޭގައި ކުޅިވަރުގެ ވަސީލަތްތައް ބިނާކުރުމާއި، ތަމްރީން ޕްރޮގްރާމްތައް ހިމެނެއެވެ.
ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ސަރުކާރުގެ ކުޅީވަރުގެ ތަސައްވުރާ ގުޅޭ މަޢުލޫމާތު ސަފީރާ ހިއްސާކުރައްވާފައެވެ. މިގޮތުން ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ސާކް ސަރަހައްދުން ބޭރުން ކާމިޔާބީ ހޯދަން ކުރައްވާ މަސައްކަތްތައްވެސް ތަފްސީލްކޮށްދެއްވިއެވެ.