ދުނިޔެ / ވިޔަފާރި / ޚަބަރު
އެމިރޭޓްސްއިން ރާއްޖެއަށާއި ސްރީލަންކާއަށް ޕްރިމިއަމް އިކޮނޮމީގެ ޚިދުމަތް ފުޅާކޮށް؛ އާ ބޯއިންގ 777 ބޭނުންކުރަން ފަށައިފި

އެމިރޭޓްސްގެ ޕްރިމިއަމް އިކޮނޮމީ ކްލާސް
އެމިރޭޓްސް އެއަރލައިންއިން ރާއްޖެ އަށާއި ސްރީލަންކާއަށް ދަތުރުކުރާ ޕަސިންޖަރުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ އެއަރލައިންގެ މަޤްބޫލު ޕްރިމިއަމް އިކޮނޮމީ ޚިދުމަތް މި ދެމަންޒިލަށް ކުރާ އިތުރު ދަތުރުތަކަށް ފުޅާކޮށްފިއެވެ. މިގޮތުން، ދުނިޔޭގެ ފެންވަރުގެ ޚިދުމަތް ދިނުމަށް ކޮށްފައިވާ ވައުދުގެ ތެރެއިން، އެކުންފުނިން ވަނީ ޕްރިމިއަމް އިކޮނޮމީ ކެބިން ހިމެނޭ ގޮތަށް އަލަށް މަރާމާތުކޮށްފައިވާ ބޯއިންގ 777 މަތިންދާބޯޓު، މާލެއަށާއި މާލެއަށާއި ކޮލޮމްބޯއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަން ފަށާފައިވާކަމަށް ބުނެފައެވެ.
މި މަހުން ފެށިގެން، އެމިރޭޓްސްއިން ދުބާއީއާއި މާލެއާ ދެމެދު ދުވާލަކު ތިން ފްލައިޓް އޮޕަރޭޓްކުރާއިރު، މި ފްލައިޓްތަކުގައި ޕްރިމިއަމް އިކޮނޮމީ ގޮނޑިތައް ހިމެނެއެވެ. މިއީ މާލެއަށް ދަތުރުކުރާ ފަތުރުވެރިންނަށް އެމީހުންގެ މުޅި ދަތުރުގައި ވެސް ފުރިހަމައަށް އަރާމްގަ އިނދެލުމަށް ލިބިގެންދާނެ ފުރުޞަތެކެވެ.
އިތުރު ހަތަރު ކްލާހާއެކު މަރާމާތުކޮށްފައިވާ ބޯއިންގ 777 ބޭނުންކޮށްގެން ދަތުރުކުރާ ފްލައިޓްތަކަކީ EK656/657 އާއި EK660/661 އެވެ. މި ބޯޓުތަކުގައި 2-4-2 އަށް އިންތިޒާމުކުރެވިފައިވާ 24 ޕްރިމިއަމް އިކޮނޮމީ ގޮނޑި ހިމެނެއެވެ. މި ގޮނޑިތައް ހަދާފައިވަނީ ހިތްގައިމު އޮރިޖިނަލް ލެދަރ ބޭނުންކޮށެވެ. އަދި މި ގޮނޑިތަކުގައި އިތުރަށް ބުރަކަށްޓަށް އަރާމު ލިބޭނެ ގޮތާއި ފައި ދަމާލެވޭނެ އިތުރު ތަންކޮޅެއް ހިމެނެއެވެ.
އެމިރޭޓްސްގެ މަރާމާތުކުރެވިފައިވާ ބޯއިންގ 777 ގައި ހިމެނޭ އެހެނިހެން ތަކެއްޗަށް ބަލާއިރު:
- 8 ޕްރައިވެޓް ފަސްޓް ކްލާސް ސުއިޓް
- 1-2-1 އަށް އިންތިޒާމުކުރެވިފައިވާ 40 ބިޒްނަސް ކްލާސް ގޮނޑި. މި ގޮނޑިތަކުގައި 23 އިންޗީގެ އެޗްޑީ ސްކްރީނަކާއި ޕަރސަނަލް ފްރިޖެއް ހިމެނޭ
- ޕްރިމިއަމް އިކޮނޮމީގެ 24 ގޮނޑިގައި ހިމެނެނީ ހިތްގައިމު ސީޓާއި ބަދަލުކުރެވޭ ހެޑްރެސްޓެވެ. އަދި 35 ކިލޯގެ ޗެކް ބެގޭޖް ހިމެނެއެވެ.
އާކުރެވިފައިވާ ބިޒްނަސް ކްލާސް ކެބިން ފަރުމާކޮށްފައިވަނީ އެމިރޭޓްސްގެ މަޝްހޫރު A380 އިން ހިތްވަރު ލިބިގެންނެވެ. މަޑު ބެއިޖް ކުލައިގެ ލެދަރ ގޮނޑިތަކާއި ފަސޭހަ ވުޑް ޕެނަލްތަކުން މި ބޯޓަށް ޒަމާނީ އަދި ހިތްގައިމު ބައްޓަމެއް ގެނެސްދެއެވެ.
އެމިރޭޓްސްއިން މާލެއަށް ދުވާލަކު ހަތަރު ފްލައިޓް ކުރިއަށް ގެންދާއިރު، މިހާރު މި ތަނުން ތިން ފްލައިޓް ބޭނުންކުރަނީ މަރާމާތުކުރެވިފައިވާ ބޯއިންގ 777 އެވެ. ރާއްޖެ އަށާއި ކޮލޮމްބޯއަށް ދަތުރުކުރުމަށް ޓިކެޓް ހޯދޭނީ emirates.com އިން ނުވަތަ އެމިރޭޓްސް އެޕް މެދުވެރިކޮށް، ނުވަތަ ޓްރެވަލް އެޖެންޓުންނާއި ގުޅައިގެންނެވެ.