ޚަބަރު
ބަހާމާސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި ބަހާމާސްގެ ދިދަ/ފޮޓޯ: ޕޮންޑް5
ބަހާމާސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.
ބަހާމާސްގެ ޚާރިޖީ ވަޒީރު ފްރެޑްރިކް މިޝެލްއަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ބަހާމާސްގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.
ހަމަ އެހެންމެ، ދިވެހިރާއްޖެ އާއި ބަހާމާސްއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމުކަމުގައިވާތީ، އެ މަނިކުފާނުގެ އުންމީދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދިޔުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ މެސެޖުގައި ވަނީ ބަހާމާސްގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ސިއްޙަތާއި އެ ޤައުމުގެ ރައްޔިތުންނަށް ތަނަވަސްކަން ލިބުމަށް އެދިވަޑައިގެންފައެވެ. އަދި ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ބަހާމާސްގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.