ޚަބަރު
ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ހުރި ގުދަނެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި
 
                    ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ހުރި ގުދަނެއްގައި އަލިފާން ރޯވުން/ފޮޓޯ: ފުލުހުން
ހުޅުމާލެ ފޭސް-1 ގެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ގުދަނެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އިންޑަސްޓްރިއަލް ޒޯންގައި ހުރި ގުދަނެއްގައި އަލިފާން ރޯވުމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ޙަރަކާތްތެރިވަމުންދާ ކަމަށެވެ. އަލިފާން ރޯވެފައިވަނީ، ހުޅުމާލޭ ފޭސް 1ގައި ހުންނަ އެންސިސްގެ ގުދަނުގައެވެ. މިކަމާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށެވެ.
މީގެ އިތުރުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮޮތޯރިޓީ، އެންޑީއެމްއޭ އިން ވިދާޅުވީ، ހުޅުމާލޭގައި ހުންނަ އެންސިސް ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ، އެކަން އެ އޮތޯރިޓީން ބަލަމުން އަންނަ ކަމަށެވެ.
 
                 
                             
                                         
                 
                 
                                             
                                            