Ads by Stelco

ޚަބަރު

ޑިންގީއެއްގައި ފުރި 75 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

ޑިންގީއެއްގައި ފުރި 75 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

ކޯސްޓު ގާޑު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ޖުލައި 2025، 10:33

10 ޖުލައި 2025، 10:33

ޑިންގީއެއްގައި ގދ. ގައްދޫއިން ފުރި 75 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު 9:30 ހާއިރު ގައްދޫއިން އެކަނި ފުރި މީހާ ފުރާފައިވަނީ އެ އަތޮޅު ގަމަށް ދިއުމަށެވެ. 

ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ގަމަށް ދިއުމަށްފަހު ހެނދުނު 11:15 ހާއިރު އެ މީހާ ވަނީ އެ ރަށުން ފުރާފައެވެ. 

އަދި އޭގެ ފަހުން އޭނާގެ ޚަބަރެއް ވެފައި ނުވުމުގެ ސަބަބުން އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހަވީރު 05:17 ހާއިރެވެ.

އެމީހާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ސޯޓެއްކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. 

އެ މީހާ ހޯދުމުގެ ގޮތުން އެމްއެންޑީއެފްގެ ސައުތު ރީޖަން ކޯސްޓް ގާޑުން ދަނީ ބޭރު ކަނޑުގެ ސަރަޙައްދު ބަލަމުންނެވެ. އަދި ގަމާއި ގަމު ކައިރި ފަޅުރަށްތައް ބެލުމުގެ މަސައްކަތްތައް ވެސް ކުރިޔަށްދާކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS