Ads by Stelco

ޚަބަރު

މާލެއިން މުދާއަރުވައިގެން ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސްފި

މާލެއިން މުދާއަރުވައިގެން ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސްފި

އޯޝަނިކް ބޯޓު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ޖުލައި 2025، 11:48

10 ޖުލައި 2025، 11:48

މާލެއިން މުދާ އަރުވައިގެން ލ އަތޮޅަށް ދަތުރުކުރަމުން ދިޔަ ބޯޓެއް އަޑިއަށް ގޮސްފިއެވެ.

އޯޝަނިކް އެކްސްޕްރެސް ނަމަކަށް ކިޔާ މި ބޯޓު އަޑިއަށް ދިޔައީ ކަނޑު ގަދަވުމުގެ ސަބަބުން ދިޔަވެގެންނެވެ. 

މިއަދު މެންދުރުފަހު 2:30 ހާއިރު މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ މި ބޯޓު އަޑިއަށް ގޮސްފައިވަނީ މާލެ އަތޮޅުގެ ބޭރުން، ރިހިވެލި މޯލްޑިވްސް ރިޒޯޓު ކައިރިއަށެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓު އަޑިއަށް ދިޔައިރު، ހަތަރު ރަށެއްގެ މުދާ އެ ބޯޓުގައި ހުއްޓެވެ. އަދި އޭރު ބޯޓުގައި 12 މީހުން ވެސް ތިއްބެވެ. އެއީ 5 ބިދޭސީންނާއި 7 ދިވެހިންނެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެމީހުން ވަނީ މާފުށި ލޯންޗަކުން ސަލާމަތްކޮށްފައެވެ. އެއަށްފަހު އެމީހުން ސަން ސިޔާން އޮޅުވެލި ރިޒޯޓަށް ގެންދިއުމަށްފަހު މިހާރު މާލެ ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. 

މި ހާދިސާއާ ގުޅިގެން ފުލުހުން އަދި އެއްވެސް މަޢުލޫމާތެއް ޙިއްސާކޮށްފައެއް ނުވެއެވެ. 

ކަނޑުމަތީގެ އެހެން ދެ ހާދިސާއެއްގައި އުމުރުން 75 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ. މިއީ ގދ އަތޮޅާއި ރ އަތޮޅުގައި ހިނގި ދެ ހާދިސާއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS