Ads by Stelco

ޚަބަރު

މޫސުން ރަނގަޅު ވަންދެން ވޯޓަރ ސްޕޯޓްސް އާއި މޫދުގެ ހަރަކާތްތައް މަޑުޖައްސާލުމަށް އެދެފި

މޫސުން ރަނގަޅު ވަންދެން ވޯޓަރ ސްޕޯޓްސް އާއި މޫދުގެ ހަރަކާތްތައް މަޑުޖައްސާލުމަށް އެދެފި

ފަތުރުވެރިންތަކެއް ވޯޓަރ ސްޕޯޓްސް ހަރަކާތެއްގައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ޖުލައި 2025، 03:20

11 ޖުލައި 2025، 03:20

މޫސުން ރަނގަޅު ވަންދެން ވޯޓަރ ސްޕޯޓްސް އާއި މޫދުގެ ހަރަކާތްތައް މަޑުޖައްސާލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދެފިއެވެ.

ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ފުލުހުން ބުނެފައިވަނީ، ތޫފާނީ ވާރެ އާއި ގަދަ ވަޔާއި އަދި ކަނޑު ގަދަވުމުގެ ސަބަބުން ރާއްޖޭގެ އެކިހިސާބުތަކުން ގިނަ ހާދިސާތަކެއްގެ ރިޕޯޓު ލިބެމުންދާކަމަށެވެ. 

އެހެންކަމުން، ވޯޓަރ ސްޕޯޓްސް އާއި މޫދުގެ ހަރަކާތްތައް މަޑުޖައްސާލުމަކީ އެންމެންގެ ސަލާމަތަށްބަލާއިރު މިވަގުތަށް އެންމެ ރަގަޅު ގޮތްކަމަށް އެ އިދާރާއިން ހާމަކުރިއެވެ.



ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެންމެންގެ ސަލާމަތްތެރިކަމަކީ ފުލުހުންގެ އެންމެ ބޮޑު ޒިންމާއެވެ. 

މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ މެންދުރު 12:00އިން ފެށިގެން ރޭ 22:30އާ ހަމައަށް ކަނޑުމަތީގެ 7 ހާދިސާއެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ރިޕޯޓުކޮށްފައިވެއެވެ. 

މީގެ ތެރޭގައި މީހުން ގެއްލުމުގެ ހާދިސާތަކާއި، އިންޖީނު ހުއްޓުމުގެ ސަބަބުން ކަނޑުވުމާއި، ދިޔަވުމުގެ ހާދިސާ އަދި ފަރަށް އެރުމުގެ ހާދިސާތައް ހިމެނެއެވެ. އަދި މި ހާދިސާތަކުގައި ގެއްލުނު މީހުންގެ ތެރެއިން އެކަކު މިހާތަނަށް ފެނިފައި ނުވާއިރު، މުދާ އަރުވައިގެން މާލެއިން ލ އަތޮޅަށް ދަތުރުކުރި ބޯޓެއް ވެސް އަޑިއަށް ގޮސްފައި ވެއެވެ.

މި ހާދިސާތަކުގައި ގެއްލުނު 79 އަހަރުގެ މީހަކު މިހާތަނަށް ކުރެވުނު މަސައްކަތުން ފެނިފައެއް ނުވެއެވެ. އަދި އިއްޔެ ރ. އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ 35 އަހަރުގެ މީހަކު ވެސް ވަނީ ގެއްލިފައެވެ. ނަމަވެސް އެ މީހާ ވަނީ ފަތާފައި ރ. ދުވާފަރަށް އަރާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS