ޚަބަރު
މޫސުން ވަރަށް ގޯސް، ހއ. އަތޮޅުން ލާމަށް ހުދު ސަމާލު ނެރެފި

ކަނޑުގަދަ ދުވަހެއް. ފޮޓޯ: ދަ ޕްރެސް
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ލ. އަތޮޅަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިއަދުގެ 15:30އިން ފެށިގެން މިރޭގެ 19:30އަށް ހއ. އަތޮޅުން ލ.އަތޮޅަށް ބޯކޮށް ވާރޭވެހި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށެވެ.
އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
Alert White for heavy rain, thunderstorms and strong winds of 19 - 24 mph with gusts of 40 mph and rough seas. pic.twitter.com/v7z0ufWwvu
— Maldives Meteorology (@MetMaldives) July 11, 2025
މިއަދުގެ 14:30 މިރޭގެ 19:30 އަށް ގއ. އަތޮޅުން އައްޑު އަތޮޅަށް ވެސް ހުދު ސަމާލުނެރެފައިވެއެވެ.
މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ފާއިތުވި 24 ގަޑިއިރުތެރޭގައި ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގައިފައިވެއެވެ. މާލެއިން ލާމުއަތޮޅަށް މުދާ ހިފައިގެން ދަތުރުކުރި މުދާ އުފުލާ ބޯޓެއް ދިޔަވެގެން އަޑިޔަށް ގޮސްފައި ވެސް ވެއެވެ.