ދީން

ޙަރާމް ގޮތުގައި ހޯދާ ފައިސާ އަމިއްލަ ނަފްސަށާއި އަހުލުންނަށް ޚަރަދު ކުރުމަކީ ސުވަރުގެއިން މަޙްރޫމްވާނެ ކަމެއް: ޚުޠުބާ

ޙަރާމް ގޮތުގައި ހޯދާ ފައިސާ އަމިއްލަ ނަފްސަށާއި އަހުލުންނަށް ޚަރަދު ކުރުމަކީ ސުވަރުގެއިން މަޙްރޫމްވާނެ ކަމެއް: ޚުޠުބާ

ޙަރާމް ފައިސާ ޚަރަދު ކުރުމަކީ ސުވަރުގެއިން މަޙްރޫމްވާނެ ކަމެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖުލައި 2025، 04:42

11 ޖުލައި 2025، 04:42

ޙަރާމް ގޮތުގައި ހޯދާ ފައިސާ އަމިއްލަ ނަފްސަށާއި އަހުލުންނަށް ޚަރަދު ކުރުމަކީ ސުވަރުގެއިން މަޙްރޫމްވާނެ ކަމެއްކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ޖުވާއާ އޭގެ އާމްދަނީ ޙަރާމް" މި މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނެފައިވަނީ ޖުވާއަކީ، ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެއް ކަަަމަށާއި، މިއީ އިސްލާމް ދީނުގައި ޙަރާމް ކަމެއްކަމަށެވެ. އަދި މާތް الله އެކަލާނގެ އަޅުތަކުންނަށް ހުއްދަކުރެއްވީ، ޙަލާލު ރަނގަޅު ތަކެއްޗާއި އެފަދަ ޢަމަލުތައް ކަމަށާއި ނުބައި އެއްވެސް އެއްޗެއް އަދި އެއްވެސް ޢަމަލެއް އެ ކަލާނގެ ހުއްދަ ނުކުރައްވާކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

އާމްދަނީ ހޯދުމަށް ޓަކައި، އިސްލާމީ ޝަރީޢަތް ހުއްދަކުރަނީ، ކެހިވެރިކަމެއް، މަކަރުވެރިކަމެއް، އޮޅުވައިލުމެއް ނެތް، ވަކި ފަރާތަކަށް ގެއްލުމެއްނުލިބޭ، ހާމަކަން ބޮޑު ސާފު މުޢާމަލާތުތައް.  

ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ޙަރާމް ގޮތުގައި ހޯދާ އެއްވެސް އެއްޗެއް، ކެއުމަށް ވެސް އަދި އެހެން ކަމަކަށް ވެސް ބޭނުންކުރުން ހުއްދައެއް ނޫން، އެހެނީ އެ ފަދަ އެއްޗެއް ކައިގެން ހަށިގަނޑުގައި އުފެދޭ މަހާއި ލެއަށް ޙައްޤުކަން ބޮޑީ ނަރަކަ.  

ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ޖުވާ ކުޅެގެންނާއި، ދީނުގައި ޙަރާމްކުރައްވައިފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ، ތިމާގެ ނަފުސަށާއި، އަނބިދަރީންނަށް ހޭދަކުރުމުން ތިޔަބައިމީހުން އެއްކިބާވުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައިފައިވެއެވެ.

އެ ފައިސާ ދީފައި ގަންނަ ތަކެތި ކެއުމާއި، އެ ފަދަ ފައިސާއިން ހޯދާ ފޭރާންލުމާއި، ގެދޮރު އެޅުމާއި، ދަރީންގެ ތަޢުލީމާއި ޞިއްޙަތަށް ޚަރަދުކުރުމަކީ، އޭގެ ސަބަބުން އެ މީހަކު ސުވަރުގެއިން މަޙްރޫމުވެ، ނަރަކަވަންތަވެރިވެދާނޭ ކަމެއްކަން އިސްވެދިޔަ ޙަދީޘުން ޞަރީޙަކޮށް އެނގޭ 

ހުކުރު ޚުޠުބާ


ޖުވާކުޅުމަކީ ދުންޔަވީ ގޮތުން ވެސް ގެއްލުން ހުރި ކަމެއްކަމަށާއި، ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި، ބަލިވާ މީހާ، މޮޅުވާ މީހާއަށް އޭނާ ބެހެއްޓި ފައިސާ ދޭން ޖެހޭ ކަމަށް ބުނެފައިވެއެވެ.

 ބައެއްފަހަރު، މޮޅުވި މީހާ، އެ ކަމަށް ކުރި ހުރިހައި ޚަރަދެއް ދޭން ޖެހޭ ކަމަށާއި އެންމެ ފަހުން ބަލިވީ މީހާ ދަރަނިވެރިވެ، ބަނގުރޫޓުވާކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން