Ads by Stelco

ޚަބަރު

އައު ޓާރމިނަލްގެ ފަސިންޖަރު ޗެކިން އާއި ބޯޑިން ސިސްޓަމްގެ ޓެކްނިކަލް ޓްރަޔަލް ކުރިއަށް ގެންގޮސްފި

އައު ޓާރމިނަލްގެ ފަސިންޖަރު ޗެކިން އާއި ބޯޑިން ސިސްޓަމްގެ ޓެކްނިކަލް ޓްރަޔަލް ކުރިއަށް ގެންގޮސްފި

އައު ޓާރމިނަލްގެ ފަސިންޖަރު ޗެކިން އާއި ބޯޑިން ސިސްޓަމްގެ ޓެކްނިކަލް ޓްރަޔަލްތައް ކުރިއަށްދަނީ. ފޮޓޯ:އެމްއޭސީއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖުލައި 2025، 07:27

11 ޖުލައި 2025، 07:27

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާރމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން، ފަސިންޖަރު ޗެކިން ސިސްޓަމްތަކާއި ބޯޑިން ސިސްޓަމްތަކުގެ ޓެކްނިކަލް ޓްރަޔަލްތައް ކުރިއަށް ގެންގޮސްފިކަމަށް، އެ އެއާރޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސިއެލް)އިން ހާމަކޮށްފިއެވެ.

މިއީ އައު ޓާރމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަ ޓްރަޔަލްއެއްކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި މި ޓްރަޔަލްތައް ކުރިއަށް ގެންދަނީ އެމްއޭސީއެލްގެ ކަމާބެހޭ ހުރިހާ ޑިޕާޓްމަންޓްތަކާއި ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންއާ ގުޅިގެން ކަމަށްެވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެގޮތުން މިދިޔަ ބްރާސްފަތި ދުވަހު ވަނީ މޯލްޑިވިއަންގެ ޑިޕާޗާރ ކޮންޓްރޯލް ސިސްޓަމާއި ބެގޭޖް ރިކޮންސިލިއޭޝަން ސިސްޓަމްގެ އިތުރުން ބޯޑިން ޕްރޮސެސްގެ ޓްރަޔަލްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ. އެ ޓްރަޔަލްގައި ޗެކިން ކައުންޓަރުތަކުގައި ފަސިންޖަރުންގެ ކިއު ސިސްޓަމް މެނޭޖުކުރާނެ ގޮތުގެ ޓްރަޔަލްއެއްވެސް ކުރިއަށް ގެންދިޔައެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމަށް އެމްއޭސީއެލްއިން ތައްޔާރުވަމުން އަންނައިރު، އައު ޓާރމިނަލުން ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތަކަށްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.  އެއަށްފަހު އޮރާޓް ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނެއްގެ ޚިދުމަތް އައު ޓާރމިނަލަށް ބަދަލު ކުރާނެ ކަމަށްވެސް އެމްއެސީއެލްއިން ބުނެފައިވެެއެވެ.  

މި ލިޔުން ކިޔާލުމުން

Ads by MSS