ޚަބަރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފާޠިމަތު ޝިމާ މުޙައްމަދުގެ ޢާއިލާއަށް ތަޢުޒިއާ ވިދާޅުވެއްޖެ
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ހުރަވީ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުން ދިޔަ ފާޠިމަތު ޝިމާ މުޙައްމަދު ނިޔާވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، ރައީސް މުޢިއްޒު ތަޢުޒިއާ ވިދާޅުވެއްޖެއެވެ.

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

ޢުމުރުން 13 އަހަރުގެ އަންހެން ދަރިވަރު ފާޠިމަތު ޝިމާ މުޙައްމަދު، ހުރަވީ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް މިއަދު ނިޔާވި ޚަބަރު އަޅުގަނޑު އަޑު އެހީ، ނުހަނު ފުން އަސަރާއި ކަންބޮޑުވުމާއިއެކުއެވެ.

ލޮބުވެތި…
— Dr Mohamed Muizzu (@MMuizzu) October 17, 2024

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ހާމަކޮށްފައިވަނީ، ފާޠިމަތު ޝިމާ މުޙައްމަދު ސިއްހީ ހާލަތެއް މެދުވެރިވެގެން މިއަދު ހެނދުނު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.ޝިމާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކުއްލި ގޮތަކަށް ޅަ އުމުރެއްގައި ދަރިވަރެއް ނިޔާވުމަކީ މުޅި މުޖުތަމަޢަށް ލިބޭ ވަރަށް ބޮޑު ހިތާމައެކެވެ. ގިނަ ބަޔަކު ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިއާ ރައްދުކޮށް، ހެޔޮ ދުޢާ ކުރަމުންދެއެެވެ.