Ads by Stelco

ޚަބަރު

ނިދާފައި އޮއްވައި އަނިޔާކުރި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

ނިދާފައި އޮއްވައި އަނިޔާކުރި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

އއ. މާޅޮސް، ފޮޓޯ: މާޅޮސް އައިލެންޑު (ފޭސްބުކް)

farudhun logo

ފަރުދުން

13 ޖުލައި 2025، 08:50

13 ޖުލައި 2025، 08:50

ނިދާފައި އޮއްވައި އަނިޔާކުރި މީހަކަށް ފަރުވާދެމުން ދަނިކޮށް އެ މީހާ ނިޔާވެއްޖެއެވެ.

އއ. މާޅޮހުގައި ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު އޯކިޑުމާގެ އަބްދުއް ރަޙްމާން އާދަމް، 65އ، އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ މެންދަމު 01:50 ހާއިރެވެ. އޭރު އޭނާއަށް ދިޔައީ މާޅޮހު ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައިނުވާއިރު، މި މައްސަލައިގެ ތަޙުޤީޤަށް ފުލުހުންގެ ޓީމެއް އެ ރަށަށް ދިއުމަށް މިހާރު އަންނަނީ ދަތުރުކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS