ޚަބަރު
ހުޅުމާލެ ފްލެޓެއްގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

އަލިފާން ރޯވި ތަން/ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލެ ފްލެޓެއްގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ ހުޅުމާލޭގެ ފޭސް 1 ގެ 94 ނަންބަރު ފްލެޓްގެ 3 ވަނަ ފަންގިފިލާގައި ކަމަށެވެ. މިތަން ހުންނަނީ، ހުޅުމާލެ ޗައިނާ ޕާކު ކައިރީގައެވެ. މި ސަރަޙައްދުގައި ރޯވެފައިވާ އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުން ހަރަކާތްތެރިވެ، މިހާރު ވަނީ އަލިފާން ނިވާލާފައެވެ. ހަމަ މިއާއެކު، އެ މަގުގައި ޓްރެފިކް ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި އެޕާޓްމެންޓުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، މި އެޕާޓްމަންޓުގެ އެއް ކޮޓަރީގައި ހުރި ތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް އަދާފައެވެ.
އިތުރު ތަފްޞީލް އަންނަނީ...