ދުނިޔެ

ޞުލްޙައިގެ އެއްބަސްވުމުގައި ވާނުވާ އެއް ނޭނގޭ، ފަލަސްޠީނުގެ އިތުރު 110 މީހުން ޝަހީދުކޮށްލައިފި

ޞުލްޙައިގެ އެއްބަސްވުމުގައި ވާނުވާ އެއް ނޭނގޭ، ފަލަސްޠީނުގެ އިތުރު 110 މީހުން ޝަހީދުކޮށްލައިފި

މިދިޔަ އަހަރު ރަފަޙު އަށް އިޒްރާއީލުން ދިން ޙަމަލާއެއް. ފޮޓޯ: އޭއެފްޕީ.

farudhun logo

ފަރުދުން

13 ޖުލައި 2025، 11:29

13 ޖުލައި 2025، 11:29

އިއްޔޭގެ ވަޤުތުތަކުގައި، ޣައްޒާގެ އެކިއެކި ސަރަޙައްދުތަކުގައި އިޒްރާއީލުގެ ބާރުތަކުން ޖުމުލަ 110 މީހަކު ޝަހީދުކޮށްލާފައިވާކަމަށް މީޑިޔާ ތަކުން މިއަދު ރިޕޯޓްކޮށްފިއެވެ. މީގެ ތެރޭގައި، ރަފަޙުގައި ހުންނަ އެމެރިކާއިން ފޯރުކޮށްދިން ކާތަކެތީގެ އެހީ (ޖީއެޗްއެފް)ގެ ކިޔު ގައި ކާއެތިކޮޅެއްގެ އިންތިޒާރުގައި ތިބި 34 މީހަކު ހިމެނެއެވެ. މިސައިޓަކީ ރަފަޙުގައި ހުންނަ ކާތަކެތި ލިބޭ ހަމައެކަނި ސައިޓެވެ. އިޒްރާއީލުގެ ޢަސްކަރީ ބާރުން ހާމަކޮށްފައިވާ ގޮތުގައި، މިޙަމަލާ ހިމެނޭހެން، މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 250 ޙަމަލާ އިޒްރާއީލުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވަނީ ދީފައެވެ.

ޖީއެޗްއެފް ޙަމަލާގެ މަންޒަރު ޞިފްކުރެއްވަމުން، ފަލަސްޠީނު ރައްޔިތަކު ކަމުގައިވާ ސާމިރު ޝާތު ވިދާޅުވީ، ޖީއެޗްއެފްގެ ސައިޓުގައި ލޭގެ ކޯރުތައް ހެދިފައިވާ ކަމަށާއި، ޝަހީދުވި މީހުން ކަފުންކުރަން ޖެހުނީ އެމީހުން ކާތަކެތި އަޅަން ގެންދިޔަ ފޮތި ކޮތަޅުތަކުން ކަމަށެވެ. ފަލަސްޠީނުގެ އެހެން ރައްޔިތެއް ކަމުގައިވާ މުޙައްމަދު ބަރްބަޚު ވިދާޅުވިއެވެ: "އެމީހުން އަހަރެމެންނަށް އޮޅުވާލަނީ. ކާތަކެތި ބަލައި އައުމުގެ ހުއްދަ ދިނުމަށް ފަހުގައި ވެސް، އަހަރެމެންނާ ދިމާއަށް ބަޑިޖަހަނީ."

އެހެން ޙަމަލާތުގައި ޝަހީދުވި މީހުންނަށް ބަލާލާއިރު، ޣައްޒާ ސިޓީއަށް ބޮން އަޅައި އިޒުރާއީލުން ޝަހީދުކޮށްލި 14 މީހަކާއި، ޖަބަލިއްޔާ ސަރަޙައްދުގައި ހުންނަ ޢާންމުން ދިރިއުޅޭ 2 ޢިމާރާތަކަށް ބޮންއަޅައި ޝަހީދުކޮށްލި 15 މީހުން ހިމެނެއެވެ.

ފަލަސްޠީނުގެ ގަވަރމެންޓް މީޑިޔާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކާތަކެތި ތަދުވުމުގެ ސަބަބުން، ބަނޑަށް ޖެހި 65 ކުޑަކުދިން ފަހުގެ ތާރީޚެއްގައި ވަނީ މަރުވެފައިވެއެވެ. އަދި އިތުރު 650،000 ކުޑަކުދިން ބަނޑަށް ޖެހި މަރުވުމުގެ ބިރަށް ހުށަހެޅިފައިވާ ކަމަށް ވެސް އެއިދާރާއިން ހާމަކުރެއެވެ.

ފަލަސްޠީނާ ޞުލްޙަކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޔަހޫދީން ބުނި ނަަމަވެސް، އެމީހުންގެ ޢަމަލުތައް ދިމާ އިދިކޮޅެވެ. ޤަޠަރުގައި ބޭއްވި ޞުލްޙައިގެ މަޝްވަރާއަށް ފަހު، އިޒްރާއީލުގެ ޢުދުވާނީ ޙަމަލާތައް ވަކިން އިތުރުވެފައިވާކަމަށް ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން