ޚަބަރު
އަލިފާން ރޯވެފައިވަނީ 11 ބިދޭސީއަކު ދިރިއުޅެމުން އައި އެޕާޓްމަންޓުގައި: އެމްއެންޑީއެފް

އަލިފާން ރޯވި ތަން/ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލޭގައި މިއަދު ހެނދުނު އަލިފާން ރޯވެފައިވަނީ 11 ބިދޭސީއަކު ދިރިއުޅެމުން އައި އެޕާޓްމަންޓެއްގައިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ފޭސް 1 ގެ 94 ވަނަ ފުލެޓްގެ 2ވަނަ ފަންގިފިލާގެ 3ވަނަ އެޕާޓްމަންޓުގައި ކަމަށެވެ. އަދި މިތަނަކީ 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓެއް ކަމަށާއި، މިތަނަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ހަމަ އެހެންމެ، މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުން ވަނީ އަލިފާން ރޯވިތާ މާ ގިނައިރުތަކެއް ނުވަނީސް އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. މި އެޕާޓްމެންޓުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، މި އެޕާޓްމަންޓުގައި ހުރި ތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް އަދާފައެވެ.
މިކަމާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ވިދާޅުވީ، ހުޅުމާލެ ފޭސް 1 ގެ 94 ނަންބަރު ފްލެޓުގެ 3 ވަނަ ފަންގިފިލާގެ ޔުނިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެ އޮތީރިޓީން އެކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.