ޚަބަރު
މާޅޮހަށް އަރާ ފައިބާ މީހުން މޮނީޓާކުރަން ފަށައިފި

އއ. މާޅޮސް މަތިން ނަގާފައިވާ ފޮޓޯއެއް: ފޭސްބުކް

ފަރުދުން
13 ޖުލައި 2025، 01:28
13 ޖުލައި 2025، 01:28
އއ. މާޅޮހަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރަން ފަށައިފި ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ބުނެފިއެވެ.
ޕޮލިސް މީޑިއާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުގައި މާޅޮސްގައި ނިދާފައިވާ އޮތް މީހަކަށް ބޮޑެތި ޒަޙަމްތަކެއް ދިނުމުގެ ސަބަބުން މިއަދު ފަތިހު އެމީހާ ނިޔާވި ކަމަށެވެ. ފުލުހުން ބުނީ އޭނާ ޞިއްޙީ މަރުކަޒަށް ގެންދެވި ފަރުވާދެމުންގެންދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 01:50 އެހާކަށްހާއިރު ކަމަށެވެ.
ނިޔާވެފައިވަނީ އެރަށުގެ އޯކިޑްމާގެ، ޢަބްދުލް ރަހްމާން ޢާދަމް (65އ) އެވެ.
މި މައްސަލަ ތަހުޤީޤުކުރުމަށްޓަކައި ފުލުހުން ވަނީ މާލެއިން ތަހުޤީޤު ޓީމެއް އެރަށަށް ފޮނުވާފައެވެ. ފުލުހުން ބުނީ މިހާރު އެޓީމުން ރަށު ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުން ގެންދަނީ މާޅޮހަށް އަރާ ފައިބާ މީހުން މޮނީޓާ ކުރަމުން ކަމަށް މަޢުލޫމާތު ދީފައި ވެއެވެ.