ސައިންސް / ދުނިޔެ

ކުދި ސޫފާސޫފީގެ ސިކުނޑި ކޮންޓްރޯލްކުރެވޭ ޑިވައިސްއެއް އީޖާދުކޮށްފި

ކުދި ސޫފާސޫފީގެ ސިކުނޑި ކޮންޓްރޯލްކުރެވޭ ޑިވައިސްއެއް އީޖާދުކޮށްފި

ކުދި ސޫފާސޫފީގެ ސިކުނޑި ކޮންޓްރޯލްކުރެވޭ ޑިވައިސް ހަރުކޮށްފައިވާ ކުޅަނދުރެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ޖުލައި 2025، 02:00

13 ޖުލައި 2025، 02:00

ޗައިނާގެ ސައިންޓިސްޓުން ވަނީ ދުނިޔޭގެ އެންމެ ލުއި، ކުދި ސޫފާސޫފީގެ ސިކުނޑި ކޮންޓްރޯލްކުރެވޭ ޑިވައިސްއެއް އީޖާދުކޮށްފައެވެ. މި އީޖާދުގެ ސަބަބުން، ކާރިސާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުގައި، ޚާއްސަކޮށް ބިންހެލުން ފަދަ ކާރިސާތަކުން ދިރިތިބި މީހުން ހޯދުމަށް ކުޅަނދުރު ފަދަ ކުދިކުދި ދިރޭތަކެތި ބޭނުންކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މާމުއި ކުޅަނދުރުގެ ސިކުނޑި ކޮންޓްރޯލްކުރުމަށްޓަކައި ހަދާފައިވާ މި ކުޑަ ޑިވައިސްގެ ބަރުދަނަކީ އެންމެ 74 މިލިގްރާމެވެ. މިއީ، އާންމުކޮށް މާމުއި ރައްކާކުރާ ކުޅަނދުރުގެ ބަނޑުގެ އެތެރޭގައި ހުންނަ ބައިތަކަށްވުރެ ލުއި ޑިވައިސްއެކެވެ. ކުޅަނދުރުގެ މާމުއި ރައްކާކުރާ ތަން ހުންނަނީ ގާތްގަނޑަކަށް 80 މިލިގްރާމްގެ ބަރުދަނެއްގައެވެ.

ބެއިޖިންގ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، މި ޑިވައިސް ބޭނުންކޮށްގެން ކުދިކުދި ދިރޭތަކެތީގެ ހަރަކާތްތައް ކޮންޓްރޯލްކުރެވޭނެއެވެ. ޕްރޮފެސަރ ޒާއޯ ޖިލިއަންގްގެ ލީޑަރޝިޕްގައި މި ޓީމުން ވަނީ ކުޅަނދުރުގެ ސިކުނޑިއަށް ވަދެ، ސިކުނޑި ކޮންޓްރޯލްކުރެވޭނެ ޑިވައިސްއެއް ތަރައްޤީކޮށްފައެވެ.

މި ޑިވައިސް ހަރުކުރަނީ ކުޅަދުރުގެ ބުރަކަށީގައެވެ. އަދި ކުޑަ ތިން ކަށި (ނީޑްލް) މެދުވެރިކޮށް ކުޅަނދުރުގެ ސިކުނޑިއާ ގުޅުވައެވެ. މިއަށްފަހު، މި ޑިވައިސް އޮޕަރޭޓްކުރާ ފަރާތުން، ކަރަންޓުގެ ބާރު (އިލެކްޓްރިކަލް ޕަލްސް) ބޭނުންކޮށްގެން ކުޅަނދުރު ބޭނުންވާ ދިމާލަކަށް ދަތުރުކުރުވުމުގެ ކޮންޓްރޯލް ހޯދައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، މި ޑިވައިސް ތަޖުރިބާކުރި އިރު، ކުޅަނދުރުގެ 90 އިންސައްތަ ވަނީ ދެވުނު އަމުރުތަކަށް ކިޔަމަންވެފައެވެ.

ސައިންޓިސްޓުންނަށް ވަނީ ތަޖުރިބާގެ ތެރެއިން ކުޅަނދުރު އެކި ދިމަދިމާލަށް ކޮންޓްރޯލްކުރުމުގައި ކާމިޔާބީ ހޯދިފައެވެ. ނަމަވެސް، އެބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި، މި ޑިވައިސް އަދިވެސް ހަރުދަނާކުރަންޖެހެއެވެ. އެހެންކަމުން، މުސްތަޤުބަލުގައި މި ކުދިކުދި ދިރޭތަކެތީގެ އެހީގައި ފަސޭހަކަމާއެކު، ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ފަދަ އުނދަގޫ މަސައްކަތްތައް ކުރެވޭނެކަމަށް އުއްމީދުކުރެވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS