ދުނިޔެ

އިޒްރާއިލުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި މަރަނީ!

އިޒްރާއިލުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި މަރަނީ!

ޣައްޒާގެ އިމާރާތަކަށް އަމާޒުކޮށް އިޒްރައިލުން ދިން ހަމަލާއެއްގައި ފުނޑުފުނޑުވެފައިވާ ޢިމާރާތެއްގެ ދަށުން މީހުން ހޯދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޮކްޓޯބަރު 2024، 07:58

17 އޮކްޓޯބަރު 2024، 07:58

އިޒްރާއިލުން ޣައްޒާގެ ރައްޔިތުންނަށް މިލިޓަރީ ވަރުގަދަ ހަތިޔާރުތަކުން ދޭ ހަމަލާތަކުގެ އިތުރުން ކާބޯތަކެއްޗަށް ދަތިކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑަށް ޖައްސައި މަރަމުންދާ ކަމަށް އަލްޖަޒީރާގައި ރިޕޯޓު ކޮށްފިއެވެ. 

އަލްޖަޒީރާގެ ރިޕޯޓަރު ހާނީ މަޙްމޫދް ޣައްޒާގެ ދެއިރް އަލް ބަލްހް ސަރަހައްދުން ރިޕޯޓު ކުރަމުން ބުނެފައިވަނީ އިޒްރާއިލުން މިހާރު ޣައްޒާގެ އުތުރުގައި ހިންގަމުންދާ ޢަސްކަރީ ހަރަކާތްތައް ހިންގަމުންދާ ގޮތްތަކުން އިޒްރާއިލްގެ އަމާޒަކީ އެސަރަހައްދުގައި ތިބި ޣައްޒާގެ އެންމެން ނައްތާލުން ކަމަށް ސާފުވާކަމަށެވެ. 

އެގޮތުން ވަރުގަދަ ހަމަލާތައް ހުއްޓާނުލާ ދެމުންދާއިރު، އެސަރަހައްދުން އެއްވެސް މީހަކަށް ނުނިކުމެވޭ ގޮތަށް އަދި އެއްވެސް ވެހިކަލް އަކަށްވެސް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް އެސަރަހައްދު ވަނީ ބަންދުކޮށްފައެވެ. 

އަލްޖަޒީރާގައި އިތުރަށް ބުނެފައިވަނީ މިއީ ފަލަސްޠީނާއި ޣައްޒާގެ އެހެން ސަރަހައްދުތަކުން ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް އިޒްރާއިލުން ހިންގި ޖަރީމާތަކާއި އެއްގޮތް ޖަރީމާތަކެއް ކަމަށެވެ. 

އެގޮތުން މިފާއިތުވި އަހަރުތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮންއަޅައި އެތައް ބަޔަކު ޝަހީދުކޮށްފައިވާއިރު، ކާބޯތަކެއްޗާއި ފެނާއި ކަރަންޓު އަދި ޞިއްޙީ ޚިދުމަތަށް ބޭނުންވާ ސާމާނު އެތެރެވިޔަ ނުދީ ޣައްޒާގެ އެތައް ސަރަހައްދެއް ބަންދު ކޮށްގެން އިޒްރާއިލުގެ ޢަސްކަރިއްޔާ އިން ޖަރީމާތައް ހިންގައިފައިވެއެވެ. 

މީގެ އިތުރުން ޒަޚަމްވި މީހުންނަށް ފަރުވާ ދެމުންދިޔަ އެތައް މެޑިކަލް ސެންޓަރުތަކަކަށް އަމާޒުކޮށް ހަމަލާދީފައިވެއެވެ. ހަމަމިއާއި އެކު ޒަޚަމްވި މީހުން ހޮސްޕިޓަލް ތަކަށް ފަރުވާ އަށް އުފުލަމުންދިޔަ އެމްބިިޔުލާންސް ތަކަށް ވެސް ހަމަލާދީފައިވެއެވެ. 

ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދުވާން، އަލްއައުދާ އަދި އިންޑޮނޭޝިއާގެ ހޮސްޕިޓަލުގެ މުވައްޒަފުން ބުނެފައިވަނީ އެ ސަރަހައްދުން ކާބޯތަކެތި ހުސްވަމުންދާ ކަމަށެވެ. އަދި ކާބޯތަކެތި މަދުވެ މީހުން ބަނޑަށް ޖެހޭ ހިސާބަށް ވަރަށް އަވަހަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއްޔާ އިޒްރާއީލުން ވަށާލިތާ މިއަދަށް މިއީ 13 ވަނަ ދުވަހެވެ. 

ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނެފައިވަނީ އިޒްރާއީލުން ޖަބަލިއާ ހަމަލާދިނުމުގެ ސަބަބުން ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުޖެހިފައި އޮތް ދިހަވަރަކަށް މީހުންގެ ހަށިގަނޑު އެތަންތަނުން ނަގައި ވަޅުލުމަށް ނުގެންދެވިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS