Ads by Stelco

ޚަބަރު

ގދ. ނަޑެއްލާގެ އައު ބަނދަރު ހެދުމުގެ މަސައްކަތް ހެޕީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި

ގދ. ނަޑެއްލާގެ އައު ބަނދަރު ހެދުމުގެ މަސައްކަތް ހެޕީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި

ގދ. ނަޑެއްލާގެ އައު ބަނދަރު ހެދުމުގެ މަސައްކަތް ހެޕީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުން/ފޮޓޯ: އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ

13 ޖުލައި 2025، 05:04

 ގދ. ނަޑެއްލާގެ އައު ބަނދަރު ހެދުމުގެ މަސައްކަތް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހެޕީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު އެ ކުންފުންޏާއި ހަވާލުކުރުމަށް ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. އެގޮތުން، މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީރެވެ.

މި މަޝްރޫޢު ދަށުން 82،080 ކޮޑި މީޓަރު ވެލި އައު ބަނދަރު ފަޅުން ކޮނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ހަމަ އެހެންމެ،  19،600 ކޮޑި މީޓަރު ވެލި އައު ނެރުން ކޮނުމާއި، 3،900 ކޮޑި މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނުމުގެ އިތުރުން، 16،000 ކޮޑި މީޓަރު ވެލި މިހާރުގެ ނެރުން ކޮނުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ. ހަމަ މިއާއެކު، 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ކޮނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 105 މީޓަރުގެ ނެރުފައިކަށި ޖެހުމާއި، 17 މީޓަރުގެ ބޭރުތޮށި ތިރިކޮށް ޖެހުން، އަދި ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުން މި މަޝްރޫޢުގެ ދަށުން ހިމެނެއެވެ. ހަމަ މިއާއެކު، 534 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 534 މީޓަރުގެ ސްކަވަރިންގ އޭޕްރަން ޖެހުމާއި، 10 މޫރިންގ ބޮއި ހަރުކުރުން، 11 މީޓަރު 11 މީޓަރުގެ ރޭމްޕްއެއް ހެދުން، 6 ނެރު ބައްތި ޖެހު،ން އަދި 18 ބަނދަރު ބައްތި ޖެހުން، 2660 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުން ވެސް ހިމެނެއެވެ.

މި މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއި ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިއީ ޖުމްލަ 78.65 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS