Ads by Stelco

ޚަބަރު

މާޅޮހުގައި މަރުވި މީވާ ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެންގޮސްފި

މާޅޮހުގައި މަރުވި މީވާ ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެންގޮސްފި

އަބްދުއްރަޙްމާން ދިރިއުޅެމުން ދިޔަ ގޭގެ ސަރަޙައްދު ފުލުހުން ބަންދުކޮށްފައި، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 ޖުލައި 2025، 07:27

13 ޖުލައި 2025، 07:27

ރޭ އއ. މާޅޮހުގައި ހިނގި މާރާމާރީގައި މަރުވި އުމުރުން 65 އަހަރުގެ ޢަބްދުއްރަޙްމާން ޢާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް މާލެ ގެނަސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ފުލުހުން ހާމަކޮށްފައިޥާ ގޮތުގައި މިއީ މި މަރުގެ ސީދާ ސަބަބު ހޯދުމަށް ބޭނުންވާތީ ނިންމިނިންމުމެއް ކަމަށެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ނިދާފައި އޮއްވައި ޢަބްދުއްރަޙްމާންއަށް އަނިޔާކޮށްފައިވުމުން އޭނާ އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ހޯދަމުން ދާކަމަށް އެ އިދާރާއަށް އަންގާފައި ވަނީ ރޭ މެންދަމު 01:50 ހާއިރެވެ.

މި މައްސަލަ ތަޙުޤީޤު ކުރުމަށްޓަކައި ފުލުހުންގެ ޓީމެއް މިއަދު ހެނދުނު ވަނީ މާޅޮހުގައި ހަރަކާތްތެރިވާން ފަށާފައެވެ. އަދި މިކަމާ ގުޅިގެން ރަށަށް އަރާ ފައިބާ މީހުންވެސް ދަނީ މޮނީޓަރ ކުރަމުންކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ ޢަބްދުއްރަޙްމާން ދިރިއުޅެމުން ދިޔައީ އޭނާގެ އަނބިމީހާއާ އެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެހެން ތަނެއްގައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ މަޢުލޫމާތު ދީފައެވެ. އެ ރަށުން މައުލޫމާތު ދިން މީހާ ކިޔައިދީފައިވާ ގޮތުގައި، ބޮޑަށް އަނިޔާ ދީފައިވަނީ ޢަބްދުއްރަޙްމާންގެ ބޮލަށެވެ. އަދި މި ހާދިސާ ހިނގިކަމަށް ބޮޑަށް ލަފާ ކުރެވެނީ ރޭ ދަންވަރު 12:00 އާއި 1:00 ދެމެދު ވަގުތެއްގައި ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހާ އިތުރަށް ކިޔައިދިނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS