Ads by Stelco

ޚަބަރު

ރޭގެ އެކްސިޑެންޓު: އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި

ރޭގެ އެކްސިޑެންޓު: އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި

މާލޭގައި ރޭ ހިނގި އެކްސިޑެންޓު/ފޮޓޯ: މޮޑޭ މޯލްޑިވްސް

14 ޖުލައި 2025، 11:12

ރޭގެ ވަގުތެއްގައި މާލެ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދާ ކަމަށެވެ. އަދި މިމީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މި އެކްސިޑެންޓުގައި ދެން އަނިޔާވި 16 އަހަރުގެ ކުއްޖާއަށް އެ ހޮސްޕިޓަލުގެ ވޯޑުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އައިޖީއެމްއެޗުން ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި ހިމެނޭ 40 އަހަރުގެ އެ ފިރިހެން މީހައަކީ މަގު ހުރަސްކުރަސްކުރަނިކޮށް ސައިކަލުން ޖެހުނު ފަރާތެވެ. އަދި 16 އަހަރުގެ ކުއްޖާއަކީ އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައި އިން ކުއްޖާއެއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވިދާޅުވީ، މާފަންނު ބަސް ޓާރމިނަލް ކުރިމަތީގައި އޮންނަ ކަފިރި ހުރަސް މަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގާ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިފައިވާކަމަށެވެ. އަދި އެ މީހާ ގައިގާ ޖެހުމަށްފަހު ސައިކަލު ވަނީ އެ މަގުން އަނެއް ކޮޅަށް ދަތުރުކުރި ޕިކަޕެއްގައި ޖެހިފައި ކަމަށެވެ. އަދި މި ހާދިސާގައި ސައިކަލުގައި ތިބި ދެ ކުދިންނަށާއި ދުވެފައި މަގު ހުރަސްކުރި މީހާއަށް ސީރިއަސް އަނިޔާތަކެއްވެފައިވާއިރު، އޭގެ ތެރެއިން އުމުރުން 17 އަހަރުގެ ޒުވާނާ ނިޔާވެފައިވާކަމަށް ފުލުހުން ވިިދާޅުވިއެވެ.

ރޭ ހިނގި މި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވެފައިވަނީ ޢުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު އެވެ. މި ކުއްޖާއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަލްސަންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު ޢަސުރު ނަމާދަށްފަހު މާލޭ އާސަހަރާ މިސްކިތުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS