ޚަބަރު
ފ. މަގޫދޫ އެއަރޕޯޓުގެ ފަޔަރ އިމާރާތުގެ ބިއްލޫރިތައް ތަޅާލާފައިވާ މައްސަލަ ފުލުހުން ތަހުޤީގުކުރަނީ
މަގޫދޫ އެއަރޕޯޓުގެ ފަޔަރ އިމާރާތުގެ ބިއްލޫރިތައް ތަޅާލާފައި/ފޮޓޯ: ޔައުސަން
ފ. މަގޫދޫގައި ތަރައްޤީކުރަމުންދާ އެއަރޕޯޓުގެ ފަޔަރ އިމާރާތުގެ ބިއްލޫރިތައް ތަޅާލާފައިވާ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުޤީގުކުރަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފ. މަގޫދުގައި ތަރައްޤީ ކުރަމުންދާ އެއަރޕޯޓްގައި އިމާރާތް ކޮށްފައިވާ އެއަރޕޯޓް ފަޔަރ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް މިހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ ތަޅާލާފައިވާ މައްސަލަ މިއަދު ހެނދުނު 07:47 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ އެމްޓީސީ މަގޫދޫ ސައިޓުގެ ފަރާތުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ މި މައްސަލައާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެ އިމާރާތުގެ ބިއްލަޫރިތަށް ތަޅާލުމުގެ އިތުރުން އެތާނގައި އަލިފާން ރޯކޮށްލުމަށް ވެސް ބަޔަކު މަސައްކަތް ކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަގޫދޫ އެއަރޕޯޓްގެ މަސައްކަތްކަކީ 2022 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާފައިވާ މަސައްކަތެކެވެ. އަދި މި މަޝްރޫޢުފެ %50 މަސައްކަތް މުޅިން އެއްކޮށް ނިމިފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ދޮންދުބުރިމާ
14/07/2025 13:35
ހުރިހާ ވެސް މައްސަލަ އަކީ ދިރިއުޅޭ ރަށް ތަކުގައި އެއަރޕޯޓް ތަށްއަޅާތީ މިކަން ނިމުމަކަށް ގެނެސް މީހުން ނޫޅޭ ތަންތާގައި އެޅުން ބުއްދިވެރީ ދިއްދޫ ގައި އަޅާ އެއަރޕޯޓް ވެސް އެރަށު ކައިރީ އޮންނަ ފަރުހިއްކައިގެން އެޅުން ރަގަޅު އެހެންނޫނީ ވަރަށް ފަސޭހައިން އަރައިގަންނާނެ ކުރީގެ މާޒީ އޮތީ އެގޮތަށް ހިނގާފައި