Ads by Stelco

ޚަބަރު

ސަރުކާރުން ހިންގާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން 85 މިލިއަން ރުފިޔާ ދޫކޮށްފި

ސަރުކާރުން ހިންގާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން 85 މިލިއަން ރުފިޔާ ދޫކޮށްފި

އެމްއެންޔޫގެ ގްރެޑުއޭޝަނެއްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖުލައި 2025، 05:06

14 ޖުލައި 2025، 05:06

ސަރުކާރުން ކުރިއަށްގެންދާ ފުރަތަމަ ޑިގްރީ ޕްރޮގްރާމްގެ ދަށުން މިއަހަރުގެ މިހާތަނަށް 85 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

މި ޕްރޮގްރާމަކީ މަތީ ތަޢުލީމަށް ކިޔެވުމުގެ ރޫޙު އަށަގެންނެވުމަށާއި، މާލީ ދަތިކަން ކުރިމަތިނުވެ ތަޢުލީމު ޙާސިލުކުރުމަށް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ތަޢާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ. މިއަހަރުގެ މިހާތަނަށް 1،100 ދަރިވަރަކު މި ޕްރޮގްރާމްގައި އަލަށް ބައިވެރިވެފައިވާއިރު، މިވަގުތު ޖުމްލަ 8،086 ދަރިވަރުން މި ޕްރޮގްރާމްގެ ދަށުން ކިޔަވަމުން ގެންދެއެވެ.

ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ޕްރޮގްރާމްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރޭގައި 5،047 އަންހެން ދަރިވަރުންނާއި 3،039 ފިރިހެން ދަރިވަރުން ހިމެނެއެވެ. އަދި މިއަހަރު އެކަނި 2،068 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

މި ސަރުކާރު އައި ފަހުން މިހާތަނަށް ހިލޭ ޑިގްރީ ޕްރޮގްރާމަށް ޖުމްލަ 235 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ވޭތުވެދިޔަ 19 މަސްދުވަހުގެ ތެރޭގައި 3،888 ދަރިވަރުން ވަނީ އަލަށް ރަޖިސްޓްރީވެފައެވެ. އަދި މި މުއްދަތުގައި 5،412 ދަރިވަރުން ވަނީ ގްރެޖުއޭޓްވެފައެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ވަޒީފާގެ ޑިމާންޑް އޮތް ދާއިރާތަކުން މީހުން ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން