Ads by Stelco

ޚަބަރު

ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް އިތުރު "ރޭންޖަރސް" ހޯދާނަން: ތިމާވެށްޓާ ބެހޭ ވަޒީރު

ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް އިތުރު "ރޭންޖަރސް" ހޯދާނަން: ތިމާވެށްޓާ ބެހޭ ވަޒީރު

ރޭގައި ބޭއްވުނު "އަހާ" ފޯރަމް ގައި ތިމާވެށްޓާ ބެހޭ ވަޒީރު ވާހަކަފުޅު ދައްކަވަނީ

farudhun logo

ފަރުދުން

15 ޖުލައި 2025، 11:09

15 ޖުލައި 2025، 11:09

ދިވެހިރާއްޖޭގައި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ބެލެހެއްޓުމަށް އިތުރު "ރޭންޖަރސް" ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް، ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ޠާރިޤް މިފަދައިން ވިދާޅުވީ ރޭގައި ބޭއްވުނު "އަހާ" ފޯރަމުގައި އެމަނިކުފާނާ ކުރެވުނު ސުވާލަކާ ގުޅިގެންނެވެ.

ދިވެހިރާއްޖޭގެ ބޭސިކް ރޭންޖަރސް ތަމުރީނު ކޯހުގެ ފުރަތަމަ ބެޗުގައި 17 ފަރާތަކުން ދަސްވެނިވެފައިވާ އިރު، މިޢަދަދަކީ ރާއްޖޭގެ ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް ނިސްބަތުން މަދު ޢަދަދެއް ކަމަށް ސުވާލުކުރި ފަރާތުން ވަނީ ފާހަގަކޮށްފައެވެ. މިކަމުގެ ރައްދުގައި ވަޒީރު ވިދާޅުވީ، ބޭސިކް ލެވެލް ގެ އިތުރުން، ޑިޕްލޮމާ ލެވެލް ގެ "ރޭންޖަރސް ތަމުރީނުތަކެއް" ރާވާފައިވާ ކަމަށާއި، ކައިރި މުސްތަޤުބަލެއްގައި މިރޭންޖަރސް ދަސްވެނިވެގެން ދާނެ ކަމަށެވެ. ރާއްޖޭގެ އެކި ޙިސާބުތަކުގައި ޖުމުލަ 93 ސަރަޙައްދެއް ޙިމާޔަތްކުރެވިފައިވާ އިރު، ކޮންމެ އަތޮޅަކަށް ވެސް އެއަތޮޅަކުން ރޭންޖަރސް އިޚުތިޔާރު ކުރުމަށް ރޭވިފާ ވާކަމަށް ތިމާވެށްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު ވަނީ ވިދާޅުވެފައެވެ.

ޙިމާޔަތްކުރެވިފައިވާ ސަރަޙަައްދުތައް ރައްކާތެރިކުރުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށްލަމެެ.

Ads by MSS

މި ލިޔުން ކިޔާލުމުން