Ads by Stelco

ޚަބަރު

ބްރޯޑްކާސްޓިން ދާއިރާ ކުރިއެރުވުމަށް ޗައިނާގެ ޤައުމީ ޓީވީގެ އެހީ ހޯދަނީ

ބްރޯޑްކާސްޓިން ދާއިރާ ކުރިއެރުވުމަށް ޗައިނާގެ ޤައުމީ  ޓީވީގެ އެހީ ހޯދަނީ

ފޮޓޯ: މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން

ރާޔާ ރިޟާ

ރާޔާ ރިޟާ

15 ޖުލައި 2025، 04:43

15 ޖުލައި 2025، 04:43

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) އާއި ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަންއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ބްރޯޑްކާސްޓިންގ އަދި އޯޑިއޯ-ވިޝުއަލް ދާއިރާގައި އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި ދެ ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤެވެ. ޗައިނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަން މިނިސްޓަރ ސާއޯ ޝޫމިން އެވެ.

މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުން، ބްރޯޑްކާސްޓިންގ އަދި އޯޑިއޯ-ވިޝުއަލް ދާއިރާގައި ހިންގުމާއި، ރެގިއުލޭޓަރީ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ދެ ޤައުމުގެ ތާރީޚާއި ޘަޤާފީ ވަސީލަތްތައް ދިރާސާކޮށް، ޓީވީ ސީރީޒް، އެނިމޭޝަން، ޑޮކިއުމެންޓަރީ ފަދަ އެކި ބާވަތުގެ އޯޑިއޯ-ވިޝުއަލް ޕްރޮގްރާމްތައް އުފެއްދުމުގައި ޓީވީ ސްޓޭޝަންތަކަށް އެހީތެރިކަމާއި އެއްބާރުލުން ލިބޭނެއެވެ.  ދެ ޤައުމުގެ ބްރޯޑްކާސްޓަރުންނާއި އޯޑިއޯ-ވިޝުއަލް އަދި އައު މީޑިއާ ސްޓޭޝަންތަކަށް ދާއިރާއިން އެހީތެރިވެދީ، ބްރޯޑްކާސްޓިންގ އަދި އޮންލައިން އޯޑިއޯ-ވިޝުއަލް ޓެކްނޮލޮޖީ އާއި، ބްރޯޑްކާސްޓިންގ ޞިނާއަތަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެމްބީސީ އިން ބުނެފައި ވެއެވެ. 

 މީގެ އިތުރުން މީޑިއާ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް މަސްނޫއީ ތޫނުފިލިކަމާއި، އޯޑިއޯ-ވިޝުއަލް މީޑިއާ މެނޭޖްމަންޓް، ޓެކްނޮލޮޖީ އަދި ކޮންޓެންޓް އުފެއްދުން ފަދަ ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް އެކުގައި ރާވައި ހިންގުން ހިމެނެއެވެ.

ޗައިނާގެ ޝާންޒީ ޕްރޮވިންސްގެ ޒިއާންގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޓެލެވިޜަން ފެސްޓިވަލަކީ ބްރޯޑްކާސްޓިންގ، ޓެލެވިޜަން އަދި އޮންލައިން އޯޑިއޯވިޜުއަލް ދާއިރާތަކުގައި ސިޔާސަތުތައް ވިލަރެސްކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، އަދި ސިނާޢީ-ޓެކްނޮލޮޖީގެ އެއްބާރުލުން އިތުރުކުރުމާއި، އެސްސީއޯގެ ކުރިމަގު ޙިއްޞާކުރާ ގާތް މުޖުތަމަޢެއް އުފެއްދުމަށްޓަކައި ކުރިއަށް ގެންދާ ފެސްޓިވަލްއެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS