ޚަބަރު
މާދަމާ ހުޅުމާލެ މަސްޖިދު ރަޝީދުގައި ޚުޠުބާ ދެއްވާނީ އިނގިރޭސި ބަހުން: އިސްލާމީ ވުޒާރާ
އައްޝައިޚް އަލްޙާފިޡް މުޙައްމަދު އަރްކަމް ނޫރަމިތު.ފޮޓޯ: އިސްލާމީ ވުޒާރާ
މާދަމާ ހުޅުމާލެ މަސްޖިދު ރަޝީދުގައި ހުކުރު ޚުޠުބާ ދެއްވާނީ އިނގިރޭސި ބަހުން ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން ބުނެފައިވަނީ ހުޅުމާލޭގައި ހުންނަ މަސްޖިދު ރަޝީދުގައި 18 އޮކްޓޫބަރު 2024 ވާ ދުވަހު، އިމާމުވެ ހުކުރު ނަމާދުކުރެއްވުމާއި ޚުޠުބާ ދެއްވުމަށް ހަމަޖެހިފައި ވަނީ ސްރީލަންކާގެ ޖަމްޢިއްޔަތުލް ޢުލަމާއުގެ ޖެނެރަލް ސެކެޓަރީ އައްޝައިޚް އަލްޙާފިޡް މުޙައްމަދު އަރްކަމް ނޫރަމިތުކަމަަށެވެ. އަދި ހުކުރު ޚުޠުބާ ދިނުމަށް ހަމަޖެހިފައި ވަނީ އިނގިރޭސި ބަހުން ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.
އައްޝައިޚް އަކްރަމް ވަނީ ސައުތު އެފްރިކާގެ ކޭޕް ޓައުންގެ ދާރުލް ޢުލޫމުލް ޢަރަބިއްޔާއިން، އައްދިރާސާތުލް އިސްލާމިއްޔާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައެވެ. އަދި އެބޭފުޅާ ވަނީ މެތޮޑޮލޮޖީ އިން އިސްލާމިކް ސްކޮލަރޝިޕް ދާއިރާއިން މަސްޓަރސް ޑިގްރީ ޙާޞިލުކޮށްފައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.