Ads by Stelco

ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސިނާޢީ ސަރަހައްދުގެ ބަނދަރުގެ ބޮޑުބައެެއް ނިމިއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސިނާޢީ ސަރަހައްދުގެ ބަނދަރުގެ ބޮޑުބައެެއް ނިމިއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސިނާޢީ ސަރަހައްދުގެ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ:އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖުލައި 2025، 07:11

15 ޖުލައި 2025، 07:11

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނުގެ ބަނދަރު މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ވަކިކޮށްފައިވަނީ ޗެނަލްއަކުންނެވެ. އަދި މި ސަރަހައްދު ފޭސް 2 ގެ މީހުން ދިރިއުޅޭ ސަރަހައްދާ ގުޅާލާފައިވަނީ ބްރިޖަކުންނެވެ. އެޗްޑީސީން ބުނާގޮތުގައި ޗެނަލް 2 ގެ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، ނޯތު ބީޗާއި އީސްޓް ބީޗުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލް ވިދާޅުވެފައިވަނީ ހުޅުމާލޭގެ ކުރީގެ މާސްޓަރ ޕްލޭން އޮތްގޮތުން، ހުޅުމާލެއަށް އެކަށީގެންވާ ބަނދަރެއް ތަރައްޤީކުރަން ހިމަނާފައި ނެތްނަމަވެސް، އާ މާސްޓަރޕްލޭންގައި ތަނަވަސް، ވަސީލަތްތައް ހަމަ ބަނދަރެއް ހިމަނާފައިވާނެ ކަމަށެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ގެނެވުނު ބަދަލާއެކު، އިޤްތިޞާދީ މަސައްކަތްތަކަށް ޚާއްސަ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. މި ސަރަހައްދަކީ ސިނާޢީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ތަރައްޤީކުރާ ސަރަހައްދެކެވެ. އަދި މި ސަރަހައްދުގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ތަރައްޤީކުރުމަށްވެސް ވަނީ ރޭވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީކުރުމަށް ގެންގުޅުއްވާ ތަޞައްވުރު، މި އާ މާސްޓަރ ޕްލޭނާއެކު ހާސިލްކުރެވޭނެ ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން އެތައް ހާސް ވަޒީފާގެ ފުރުޞަތުތަކެއް އުފެދި، މާލެ ސަރަހައްދުގެ ވިޔަފާރީގެ މައި ހަބަކަށް މި ސަރަހައްދު ވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން