ޚަބަރު
ޤައުމުގެ މުސްތަޤްބަލު ބިނާވެފައިވަނީ ހުނަރުވެރި އަދި ބާރުވެރި ޒުވާނުންގެ އަތް މަތީގަ: މޭޔަރ ޢާޒިމް

މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް/ފޮޓޯ: އަވަސް އެމްވީ
ޤައުމުގެ މުސްތަޤްބަލު ބިނާވެފައިވަނީ ހުނަރުވެރި އަދި ބާރުވެރި ޒުވާނުންގެ އަތް މަތީގައިކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޒުވާނުންގެ ހުނަރުވެރި ކަމުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ޤައުމުގެ މުސްތަޤްބަލު އޮތީ ހުނަރުވެރި، އީޖާދީ އަދި ބާރުވެރި ކުރެވިފައިވާ ޒުވާން ޖީލެއްގެ އަތްމަތީގައި ކަމަށެވެ. ހަމަ އެހެންމެ، ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސްގެ އިތުރުން ޑިޖިޓަލް ހުނަރުތަކުގެ ޒަރީޢާއިން، ހަލުވި ދުވެއްޔެއްގައި ދުނިޔެ ކުރިއަރަމުންދާ އިރު، މި ހުނަރުތަކަކީ މިހާރު ކޮންމެހެން ވެސް ބޭނުންތެރި ހުނަރުތަކެއް ކަމުގައި މޭޔަރ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މި ވަޞީލަތްތައް ބޭނުންކޮގެން ވިސްނުންތެރި އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމުގައި އިސްދައުރެއް އަދާކުރާ ބަޔަކަށް ޒުވާނުން ވުމަށް މޭޔަރ އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، އުފެއްދުންތެރިކަމާއި، ކެތްތެރިކަމާއި، އަދި އުނގެނުމުގެ ޝައުޤުވެރިކަމަކީ ޒުވާނުންގެ އެންމެ ބޮޑު ބާރު ކަމަށެވެ. އެހެންކަމުން، މި ހުނަރުތައް އިތުރަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމަށް ވެސް މޭޔަރ ޢާޒިމް ވަނީ ޒުވާނުންނަށް ހިތްވަރުދެއްވަވާފައެވެ. ހަމަ އެހެންމެ، ޒުވާނުންގެ ކުރިއެރުވުމަށް ޓަކައި ކުރާ ކޮންމެ ކަމެއްގައި ވެސް މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން މޭޔަރ ވަނީ ދެއްވާފައެވެ.