ދުނިޔެ

އިޒްރޭލުން ސީރިޔާގެ ބޯޑަރ ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަކޮށްފިި

އިޒްރޭލުން ސީރިޔާގެ ބޯޑަރ ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަކޮށްފިި

ޮއިޒްރޭލުން ސީރިޔާއަށް މިއަދު ދިން ހަމަލާ

farudhun logo

ފަރުދުން

16 ޖުލައި 2025، 04:20

16 ޖުލައި 2025، 04:20

އިޒްރޭލުން ސީރިޔާގެ ސަރަހައްދީ އިމަށް އިތުރު ސިފައިން ފޮނުވާނެ ކަމަށް އިޢުލާންކޮށްފިއެވެ. 

އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި އިޒްރޭލުން މިބަޔާން ނެރެފައިވަނީ ސީރިއާގެ ދެކުނުގެ ސުވައިދާ ޕްރޮވިންސުން ސީރިޔާ ސިފައިން ނުފިލައިފިނަމަ އެ ސިފައިންނަށް އަމާޒުކޮށްގެން ހަމަލާ ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.

ސީރިއާ ސަރުކާރުގެ ސިފައިންނާއި ޑްރޫޒް ހަތިޔާރު އެޅި ޖަމާއަތްތަކާ ދެމެދު  ވަނީ ހަނގުރާމަ ހުއްޓާލުމަށް އިއްޔެ ވީ އެއްބަސްވުން އުވާލާފައެވެ. މިކަމުގެ ސަބަބުން އިޒްރޭލުން ވަނީ މި ދާޙިލީ ހަމަނުޖެހުމުގެ ތެރެއަށް ވަންނަން ނިންމާފައެވެ. އިޒްރޭލުން ބުނީ މި ނިންމުން ނިންމާފައިވަނީ ސީރިޔާގެ ޑްރޫޒް ޖަމާޢަތުގެ މީހުންގެ ދިފާއުގައި ކަމަށެވެ. 

  ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާ ދެމުންދާ އިޒްރޭލުން މިއަދު ފަތިހުގެ ވަގުތު ވަނީ ސީރިޔާގެ ވެރިރަށް ދިމިޝްޤާއި ހަމައަށް ވައިގެ މަގުން ހަމަލާ ފޮނުވާފައެެވެ. ރިޕޯޓްގައިވާ ގޮތުގައި އިޒްރޭލުން ވަނީ ސީރިޔާގެ މައި އަސްކަރީ މަރުކަޒަށް ވަރުގަދަ ވައިގެ ހަމަލާތައް ފޮނުވާފައެވެ. އަދި އެޤައުމުގެ ދިފާއީ ވުޒާރާއަށް ދެ ޑްރޯން ހަމަލާ އަމާޒުކުރި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. މި ހަމަލާތަކުގައި އެތައް ޢާންމުންނަށް އަނިޔާވެ، މަރުވުމުގެ ސަބަބުން މިހާރު ސީރިޔާގެ ބައެއް މީހުން ވަނީ ޤަވާއިދާއި ޚިލާފަށް އިޒްރޭލަށް އެތެރެވާން މަސައްކަތްކޮށްފައި ކަަމަށް އަލް ޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ. ހަމަ އެގޮތަށް، އިޒްރޭލުގެ ގިނަ އަދަދެއްގެ ރައްޔިތުން ބޯޑަރު ހުރަސްކޮށް އިޒްރޭލުގެ ގޯލާން ހެއިޓްސްއިން  މަޖްދާލް ޝަމްސް ސަރަހައްދަށް ވަދެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

28 އޭޕްރީލުން ފެށިގެން ސީރިއާގެ އިންތިގާލީ ސަރުކާރުގެ އަސްކަރީ ޔުނިޓްތަކާއި ގުޅުން ހުރި ހަނގުރާމަވެރި ޖަމާޢަތްތަކުން ޑްރޫޒް ހަނގުރާމަވެރިންނާއި ދެކޮޅަށް ހިންގި މަޒުހަބީ ހަމަނުޖެހުންތަކުގެ ސަބަބުން ޑްރޫޒް ޢާންމުންގެ ބައެއް މަރުވި އެވެ. އެންމެ ފަހުން މި މަސްރަހު ހޫނުވެ، ދެފަރާތުން އިއްޔެ ވަނީ ހަނގުރާމަ މެދުކަނޑާލުމަށް އެެއްބަސްވެފައެވެ. 


މި ލިޔުން ކިޔާލުމުން

Ads by MSS