ދުނިޔެ

އިސްރާއީލުން ދިމިޝްގުގައި ހުރި ސީރިއާގެ މިލިޓަރީ މައި މަރުކަޒަށް ހަމަލާދީފި

އިސްރާއީލުން ދިމިޝްގުގައި ހުރި ސީރިއާގެ މިލިޓަރީ މައި މަރުކަޒަށް ހަމަލާދީފި

އިސްރާއިލުން ސީރިއާ އަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖުލައި 2025، 05:38

16 ޖުލައި 2025، 05:38

ސުވައިދާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން، އިސްރާއީލުން ވަނީ ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުރި ސީރިއާގެ މިލިޓަރީ މައި މަރުކަޒަށް ހަމަލާދީފިއެވެ.

މި ހަމަލާ ދީފައިވަނީ ސުވައިދާގައި ސީރިއާ ސަރުކާރުގެ ބާރުތަކާއި ޑްރޫޒް މަދަނީ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިންނެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވި ގޮތުގައި އިސްރާއީލުގެ މިލިޓަރީން ވަނީ ދިމިޝްގުގައި ހުރި ސީރިއާގެ މިލިޓަރީ މައި މަރުކަޒުގެ މައި ދޮރާށްޓަށް ހަމަލާދީފައެވެ. މި ހަމަލާ ދީފައިވަނީ ސުވައިދާއިން ސީރިއާގެ ސަރުކާރުގެ ބާރުތައް އަނބުރާ ގެންދިއުމަށް އިސްރާއީލުން ދިން އިންޒާރުގެ ފަހުންނެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ އުސާމާ ބިން ޖަވައިދް ރިޕޯޓުކުރި ގޮތުގައި ސީރިއާގެ ދިފާއީ މިނިސްޓްރީގެ މައި މަރުކަޒަށް ޑްރޯން މެދުވެރިކޮށް ދެ ހަމަލާއެއް ދީފައިވެއެވެ. އޭގެ ތެރެއިން އެއް ހަމަލާ އަމާޒުކޮށްފައިވަނީ އިމާރާތުގެ ކުރިމަތީގައިވާ މައި ދޮރާށްޓަށެވެ. އަނެއް ހަމަލާ އަމާޒުކޮށްފައިވަނީ އިމާރާތުގެ ފަހަތު ސަރަހައްދަށެވެ.

ކިންގްސް ކޮލެޖް ލަންޑަންގެ އިންޓަނޭޝަނަލް ސެކިއުރިޓީ ލެކްޗަރަރ ރޮބް ގެއިސްޓް ޕިންފޯލްޑް ވިދާޅުވި ގޮތުގައި މި ހަމަލާތަކަކީ މިވަގުތަށް ދައްކާލުމުގެ ގޮތުން ދީފައިވާ ހަމަލާތަކެކެވެ. އެހެން ނަމަވެސް މިއީ އިސްރާއީލުން ސީރިއާއަށް ދޭ ނުރައްކާތެރި އަދި ގެއްލުންބޮޑު ހަމަލާތަކެއްގެ ފެށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުވައިދާގައި ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލުން ވަނީ ޑްރޫޒް މަދަނީ ހަނގުރާމަވެރިންނަށް އެހީތެރިވުމުގެ ގޮތުން ސީރިއާގެ ސަރުކާރުގެ ބާރުތަކަށް ވަރަށް ބޮޑެތި ހަމަލާތަކެއް ދީފައެވެ. އިސްރާއީލުން ބުނާ ގޮތުގައި ޑްރޫޒް މައިނޯރިޓީއަކީ ސީރިއާގައި އެ ގައުމުގެ އެކުވެރިންގެ ގޮތުގައި ބެލެވޭ ބައެކެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން