Ads by Stelco

ޚަބަރު

ޕޯސްޓްމޯޓަމް ހެދުމަށް ޢަބްދުލް ރަހްމާންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވަނީ

ޕޯސްޓްމޯޓަމް ހެދުމަށް ޢަބްދުލް ރަހްމާންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވަނީ

އއ. މާޅޮސް މަތިން ނަގާފައިވާ ފޮޓޯއެއް: ފޭސްބުކް

farudhun logo

ފަރުދުން

17 ޖުލައި 2025، 10:24

17 ޖުލައި 2025، 10:24

ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ޢަބްދުލް ރަޙްމާން ޢާދަމްގެ ހަށިގަނޑު އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ދިވެހި ފުުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އޮޓޮޕްސީ ހެދުމަށްޓަކައި ޢަބްދުލް ރަހްމާންގެ ހަށިގަނޑު އިންޑިއާގެ ތްރިވަންތަޕޫރަމްއަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު އެ ސަރަހައްދަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 21 ވަނަ ދުވަހުއެވެ. 

މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖުލައި 12 ވަނަ ރޭގެ ދަންވަރު 01:50 އެހާކަށްހާއިރުގައި ކަމަށް އެ މުއައްސަސާއިން ބުނެފައި ވެއެވެ.

އއ. މާޅޮހުގެ ގެއެއްގެ ތެރޭގައި ނިދާފައިވާ އޮތް ޢަބްދުލް ރަހްމާނަށް ބޮޑެތި ޒަޙަމްތަކެއް ދިނުމުގެ ސަބަބުން އެ ދުވަހުގެ ފަތިހު އޭނާ ނިޔާވީކަމަށް ފުލުހުން ދިން މަޢުލޫމާތުގައިވެއެވެ. 

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުޤީޤުކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS