ޚަބަރު
ރާއްޖެއިން ނިއުޒިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފި

ރާއްޖެއިން ނިއުޒިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އެރުއްވުން/ފޮޓޯ: ޚާރިޖީ ވުުޒާރާ
ދިވެހިރާއްޖެއިން ނިއުޒިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ މުޙައްމަދު ލުވޭޒް، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު، ނިއުޒިލޭންޑްގެ ގަވަރނަރ-ޖެނެރަލް އަދި ކޮމާންޑަރ-އިން-ޗީފް އެންޑް އޯވަރ ދަ ރިއަލްމް އޮފް ނިއުޒިލޭންޑް، ދަ ރައިޓް އޮނަރަބަލް ޑޭމް ސިންޑީ ކިރޯ، ޖީ.އެން.ޒެޑް.އެމް. ކިއު.އެސް.އޯއަށް އަރުއްވައިފިއެވެ.
ސަފީރުގެ މުޙައްމަދު ލުވޭޒް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތު އޮތީ ވެލިންގޓަންގައި ހުންނަ ގަވަރމެންޓް ހައުސް ގައެވެ.
މި ރަސްމިއްޔާތުގައި ސަފީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ގަވަރުނަރ ޖެނެރަލަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. ހަމަ އެހެންމެ، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ސަފީރު މުޙައްމަދު ލުވޭޒްގެ އަރިހުގައި ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ، ޖަލާލާ ސަލީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.