ޚަބަރު
ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކުރާ މަވައްދަތު ސިލްސިލާގެ ހަތަރު ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ ބާއްވަނީ

މަވައްދަތު ސިލްސިލާގެ ތެރެއިން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ގެންދާ "މަވައްދަތު" ސިލްސިލާގެ ހަތަރު ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ފޯރަމް އޮންނާނީ ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ފޯރަމް ކުރިއަށްދާނީ ރޭގަނޑު 20:00 އިން 22:30 އަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިމް ވިދާޅުވީ، މި ފޯރަމްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ "ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް" މި މަޢޫޟޫއަށް ކަމަށެވެ. އަދި މި ފޯރަމްގައި މަޢުލޫމާތު ދެއްވުމަށް ބައިވެރިވެލައްވާނީ އައްޝައިޚް ނިމާލު މުޙައްމަދު އާއި، އައްޝައިޚް އަޙްމަދު މަޢުސޫމް، އަދި އަލްއުސްތާޛާ ޙައްވާ ލަޠީފް ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މަވައްދަތު ސިލްސިލާގެ 3 ފޯރަމެއް މިހާތަނަށް ބާއްވާފައިވާއިރު، މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ "ކައިވެނީގެ ކުރިން" މި މަޢުޟޫއުއަށެވެ. އަދި ދެވަނަ ފޯރަމްގައި "ކައިވެންޏަށް ތައްޔާރުވުން" މި މަޢުޟޫއުއަށް އަލިއަޅުވާލާފައިވާއިރު، ތިން ވަނަ ފޯރަމްގައި އަލިއަޅުވާލާފައިވަނީ "ކައިވެނި ކުރެވުމާއެކު" މި މަޢުޟޫއަށެވެ.