ދީން / ޚަބަރު
މުޙްޔިއްދީން ސްކޫލްގެ ދަރިވަރުންނަށް ނަމާދު ކޭމްޕެއް ކުރިއަށް ގެންގޮސްފި

މުޙްޔިއްދީން ސްކޫލްގެ ދަރިވަރުންނަށް ނަމާދު ކޭމްޕް ކުރިއަށް ގެންދިޔުން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުޙްޔިއްދީން ސްކޫލްގެ ދަރިވަރުންނަށް ނަމާދު ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މިއީ ރިސާލަތު ޕްރޮގުރާމުގެ ދަށުން ކުރިއަށް ގެންދެވުނު ކޭމްޕެއް ކަމަށެވެ. މި ކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ކޮންފަރެންސް ހޯލުގައެވެ.
މުޙްޔިއްދީން ސްކޫލުގެ ދަރިވަރުންނަށް ޚާއްޞަކޮށް މި ކޭމްޕު ނަންގަވައިދެއްވީ ސަލްމާނު ރަސްގެފާން މިސްކިތުގެ އިމާމު ޝައިޚް ޢައްމާރު ޢިލްޔާސްއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ކޭމްޕުގެ ތެރެއިން ދަރިވަރުންނަށް ފުރިހަމަ ގޮތުގައި ނަމާދު ކުރާނެ ގޮތުގެ މަޢުލޫމާތާއި، ނަމާދާއި ގުޅޭ ދީނީ ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދީފަައިވާ ކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ، ސްކޫލް ދަރިވަރުންގެ މެދުގައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކޮށް ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.