Ads by Stelco

ޚަބަރު

ޢަބްދުއްރަޙްމާންގެ މަރުގެ މައްސަލައިގެ ތަހުޤީޤުގެ ތެރެއިން އާއިލާއާ ގާތް ގުޅުން އޮތް ފަރާތްތަކާ ސުވާލުކޮށްފި

ޢަބްދުއްރަޙްމާންގެ މަރުގެ މައްސަލައިގެ ތަހުޤީޤުގެ ތެރެއިން އާއިލާއާ ގާތް ގުޅުން އޮތް ފަރާތްތަކާ ސުވާލުކޮށްފި

އއ. މާޅޮސް---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޖުލައި 2025، 08:35

17 ޖުލައި 2025، 08:35

އއ. މާޅޮހުގައި މަރާލި ޢަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުޤީޤު ކުރިއަށްދާއިރު، މި މައްސަލައިގެ ތަހުޤީޤުގެ ތެރެއިން އެކި އެންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުންދާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެ ފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަޤީޤަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ތަހުޤީޤު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެން ހުރި މަޢުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި އިތުރަށް ތަހުޤީޤުކުރުމަށްޓަކައި ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު އިންޑިއާގެ ތްރިވަންތަޕޫރަމްއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 21 ވަނަ ދުވަހުއެވެ.

ޢަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވުނީ ޖުލައި 12 ވަނަ ދުވަހުގެ ދަންވަރު 01:50 އެހާކަށްހާއިރުގައެވެ. އއ. މާޅޮހުގެ ގެއެއްގެ ތެރޭގައި ނިދާފައި އޮއްވާ އޭނާއަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން އެ ދުވަހުގެ ފަތިހު އޭނާ ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިހާރުވެސް މިމައްސަލައިގެ ތަހުޤީޤު ފުލުހުން ކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS